ޚަބަރު

ވެމްކޯ ކޯލްސެންޓަރު މުވައްޒަފަކު ކޮވިޑަށް ފައްސިވެ، ކޯލްސެންޓަރު ހުއްޓުމަކަށް

ދެން އެމްވީ ، ދެން އޮންލައިން

ވެމްކޯގެ ކޯލް ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފަކުވެސް ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

Ads by MWSC

ވެމްކޯ އިން ފައްސިވެފައިވަނީ ބައްޔަށް ޝައްކު ކުރެވިގެން ގޭގައި މަޑުކުރުމަށް އަންގާފައިވާ މުވައްޒަފެކެވެ. އޭނާ ގޭގައި މަޑުކުރުމަށް އަންގާފައިވަނި މި މަހުގެ ދެ ވަނަ ދުވަހުއެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު "ސަން އޮންލައިން" އަށް ވިދާޅުވެފައިވާ ގޮތުގައި މިކަމާއި ގުޅިގެން ވެމްކޯ ގެ ހެޑް އޮފީސް މިހާރު ވަނީ ޑިސްއިންފެކްޓު ކުރަން ނިންމާފައެވެ.

އަދި މިކަމާއި ގުޅިގެން ކުނި ނެގުމަށް ބުރޫ ނޭރި ކަމުގައި ވިޔަސް ކޯލް ސެންޓަރުގެ ހިދުމަތް ވަގުތީ ކޮށް ވަނި މެދުކެނޑިފައި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. ކޯލް ސެންޓަރުގެ މަސައްކަތް ދަނީ އައްޑޫ އައްޑޫ ރީޖަން އަށް ޑައިވާޓު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި 24 ގަޑިއިރުގެ ތެރޭގައި މި ހިދުމަތް އަލުން ފެށޭނެ ކަމަށް ވެސް އެ ފަރާތުން ހާމަކުރެއެވެ.

މިކޭސް އާ ގުޅިގެން ކޮންޓެކްޓް ޓެރޭސިން ގެ މަސައްކަތް މިހާރު އަންނަނީ ކުރިއަށް ދަމުންނެވެ.

ވެމްކޯގެ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވެފައިވާ އިރު، މީގެކުރިން އެސްޓީއޯ، އެމްޓީސީސީ، އަދި މޯލްޑިވް ގޭސް އަދި ފެނަކައިގެ ބައެއް މުވައްޒަފުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!