ޚަބަރު

ޗައިނާއިން އިސްކަންދެނީ އެކުވެރިކަމަށް، އެއީ އަގު ނުކުރެވޭފަދަ ގުޅުމެއް: ޗައިނާގެ ސަފީރު

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެ އޮތީ ޗައިނާއަށް ދަރާފައި ކަމަށާއި އެގައުމަށް ދަރަނި ދެއްކުމަށް މާމަގެ ފައްޓަރު ބައި ވެސް ވިއްކާލަން ޖެހިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެން ޗައިނާގެ ސަފީރު ޖަންގް ލިޒޯންގް އެކަމާ ގުޅިގެން އިއްޔެ ވާހަކަފުޅު ދައްކަވައިފިއެވެ.

Ads by MWSC

އެމްޑީޕީގެ ސަރުކާރަށް ދެއަހަރު ފުރުމާ ގުޅިގެން ރައީސް ނަޝީދު އެމްޑީޕީގެ ހަރުގޭގައި ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވީ ކުރިއަށް އޮތް އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓް ބޮޑުވެގެން ދިޔުމުގެ އެންމެ ބޮޑު ސަބަބަކީ ދުނިޔޭގެ އެންމެ ވަރުގަދަ އިގްތިސާދަށް ވުމަށް މަސައްކަތް ކުރަމުންދާ ޗައިނާއިން ރާއްޖެއަށް ފިއްތަމުން ދިޔުން ކަމަށެވެ. އަދި ގްރޭސް ޕީރިއަޑު ހަމަވެ ، ލޯނު ދައްކަން ޖެހުން ފަސްކޮށް ނުދިނުން ކަމަށެވެ.

"މި ބަޖެޓު ފެންނާން އޮތް ގޮތް ކިތަންމެހާ ވެސް ހުތުރު، އެހެން ނަމަވެސް، ތަކުރާރުކޮށް ދަންނަވާނަން، މި ހުތުރު ކަމަކީ އަޅުގަނޑުމެން ގެނައި ހަޑި ހުތުރުކަމެއް ނޫނޭ. އެހެން ބައެއްގެ ދަރަނި ދައްކާން ވެގެން އަޅުގަނޑުމެންގެ އަމިއްލަ ފައްޓަރުބައި މި ވިއްކާލަން ޖެހެނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މިވާހަކަފުޅާ ގުޅިގެން ޗައިނާގެ ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާމައިންގެ ފަރާތުން ވާރުތަވާ ގަހަނާއަކީ ވަރަށް އަގު ބޮޑުު އެއްޗެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. ނަމަވެސް އެއީ އަގަކާ އެކުގައި ކަމަށް ސަފީރު ވިދާޅުވިއެވެ. ސަފީރު ވިދާޅުވީ ޗައިނާއިން އިޚްތިޔާރުކުރީ އެކުވެރިކަމުގެ ގުޅުން ކަމަށެވެ. ސަފީރު އެ އިޝާރާތް ކުރެއްވީ ލޯނު ދެއްކުން ފަސްކޮށްދިނުމާއި ޗައިނާއާއި ރާއްޖެއާ ދެމެދު މިހާރު އޮތް ހީނަރު ގުޅުމަށް ކަމަށް ބެލެވެއެވެ.

ދައުލަތުން އަންނަ އަހަރަށް ލަފާކޮށްފައި ވަނީ 34.7 ބިލިއަން ރުފިޔާގެ ދަރަނި ބޮޑު ބަޖެޓެކެވެ. 7 ލައްކަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށް ލަފާކޮށް، ޓުއަރިޒަމުން ލިބޭނެ ކަމަށް ލަފާކުރާ ޓެކުހާއި އިމްޕޯޓް ޑިޔުޓީއާއި ސްޓިކާ ޖޫރިމަނާ ފަދަ ޖޫރިމަނާތަކާ ބޭރުގެ އެހީތަކުން ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 17.8 ބިލިއަން ރުފިޔާއެވެ. ނަމަވެސް ރިކަރެންޓް ޚަރަދުގެ ގޮތުގައި އެކަނި 21.6 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާ ކުރައްވާފައި ވެއެވެ. އޭގެ ތެރޭގައި އަންނަ އަހަރު އިތުރުކުރާ 200އާއި ގާތްކުރާ އަދަދެއްގެ ސިޔާސީ މަގާމުތަކުގެ މުސާރައާއި އިނާޔަތްތައް ހިމެނެއެވެ

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!