ޚަބަރު

ރެސިޕީ: ޗޮކްލެޓު ވެނީލާ ޕުޑިން

ދެން އެމްވީ ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

Ads by STELCO

1ޖޯޑު ފުށް
1 މޭޒުމަތީ ސަމުސާ ކޮކޯ
1/2 ޖޯޑު ދިޔާކިރު
60 ގ. ބަޓަރ
1 ޖޯޑު ރަތް ހަކުރު މުގުރި
1 މޭޒު މަތީ ސަމުސާ ވެނީލާ އެސެންސް
2 ސައި ސަމުސާ ބޭކިންގ ޕައުޑަރ

ތައްޔާރު ކުރާނެ ގޮތް:

ބަޓަރާއި ކިރު އެއްކޮށް ތެއްޔަކަށް އަޅާފައި މަޑު ގިނީގައި ބަހައްޓައިގެން ބަޓަރު ކޮޅު ދިޔާކޮށްލާށެވެ .

ފުށާއި ކޮކޯ ޕައުޑަރ އަދި ބޭކިންގ ވެސް އެއްކޮށް ފުރާނާލާށެވެ . މި ދެބައި ވެސް ދިޔާކުރި ބަޓަރާއި އެއްކޮށް މިކްސް ކޮށްލާށެވެ. ހަކުރާއި އެސެންސް ވެސް އެބަޔާއި އެއްކޮށް ރަނގަޅަށް މިކްސް ކޮށްފައި ޓްރޭ އެއްގައި ބަޓަރު ކޮޅެއް ހާކާފައި ފުށްގަނޑު ޓްރޭއަށް އަޅާފައި މައްޗަށްރަތް ހަކުރު ކޮޅެއް ބުރުވާފައި އަވަންގައި ފިހެލާށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!