ޚަބަރު

ކޮވިޑް-19 މިހާލަތުގައި ވެސް ކިޔެވުމުގެ ކަންތައްތައް ހުއްޓުމެއް ނެތި ކުރިއަށްދާތީ އެކަމާ އުފާކުރަން- އެޑިއުކޭޝަން މިނިސްޓަރ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑް-19 މިހާލަތުަގައި ވެސް ކިޔެވުމުގެ ކަންތައްތައް ހުއްޓުމެއް ނެތި ކުރިއަށްދާތީ އެކަމާ އުފާކުރާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވެއްޖެއެވެ.

Ads by STELCO

މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަހާ ގުޅިގެން ދެއްވި މެސެޖުގައެވެ.

މިނިސްޓަރ ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ކުޑަކުދިންގެ ދުވަސް ބައްދަލު ކުރީ ތަފާތު ގޮތަކަށް ކަމަށެވެ. އެހެން އަހަރުތަކުގައި ސްކޫލަށް ހާޒިރުވެވި ރައްޓެހި ކުދިންނާއި އެކީ މި ދުވަސް ފާހަގަ ކުރެވުނު ނަމަވެސް މިއަދު ގިނަ ކުދިން ގޭގައި ތިބެން ޖެހޭއިރު ސްކޫލަށް ހާޒިރުވާން ޖެހޭ ކުދިންގެ ކިޔެވުން ވެސް ތާވަލު ކުރެވިފައި ވަނީ ތަފާތު ގޮތަކަށް ކަމަށެވެ.

އެހެންނަމަވެސް މިއަދު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މި ހާލަތުގައި ވެސް ކިޔެވުމުގެ ކަންތައްތައް ހުއްޓުމެއްނެތި ކުރިޔަށްދާތީ ކަމަށެވެ. އަދި ކުދިންގެ އުނގެނުން ކުރިޔަށް ގެންދިޔުމަށްޓަކައި މުދައްރިސުންނާއި ބެލެނިވެރިން އެ ދެއްވާ އެހީތެރިކަމަށް ޝުކުރު ދަންނަވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަދި އުންމީދަކީ މި ހާލަތުން އަރައިގަނެ ކުދިންނަށް ސްކޫލް މާހައުލުން މުދައްރިސުންނާއި ރައްޓެހިންނާ ބައްދަލުވެ ކިޔެވުން ކުރިޔަށް ގެންދެވޭނެ ދުވަހަކަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!