ޚަބަރު

ހަރުކަށި ފިކުުރުގެ 8 މީހެއްގެ ފައިގައި 1 އަހަރަށް ޓެގުއަޅުވަނީ

ދެން އެމްވީ ، ދެން އޮންލައިން

މުޖުތަމައަށް ނުރައްކާވާ ފަދަ ދީނީ ގޮތުން ހަރުކަށި ފިކުރު ގެންގުޅޭ އަށް މީހެއްގެ ފައިގައި އެއް އަހަރަށް ޓެގު އެޅުވުމަށް އަމުރެއް ނެރެފިއެވެ.

Ads by MWSC

އެ އަށް މީހުންގެ މައްޗަށް "މޮނިކޮން އަމުރު" ނެރެފައި ވަނީ، ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުން ހޯމް މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން އެ އަމުރު ހޯދުމަށް ކޯޓްގައި އެދުމުންނެވެ.

ރޭ ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ އަށް މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރެފައިވާ ކަމާއި އެމީހުންގެ ފައިގައި ޓެގް އަޅުވައި ބަލަހައްޓަމުންދާ ކަމަށެވެ.

އިމްރާން ވިދާޅުވި ގޮތުގައި އެ އަށް މީހުންނަކީ ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަނަކުން ފާހަގަވި ބައެކެވެ.

މޮނިކޮން އަމުރު އެންމެ ފުރަތަމަ އަޅުވަމުން ދިޔައީ ހޯމް މިނިސްޓަރުގެ އެންގުމަށެވެ. އެއީ މިނިސްޓަރު ކަމުގައި އުމަރު ނަސީރު ހުންނެވި އިރު އެވެ. އޭރު ގިނަ ގޭންގްތަކެއްގެ ބޮޑުންގެ ފައިގައި ޓެގް އެޅުވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!