ޚަބަރު ބޮލީވުޑް

ރަކުލް ރާއްޖޭގައި ވެސް ކަސްރަތު ކުރުމުގައި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މި ދުވަސްވަރަކީ ބޮލީވުޑުގެ ގިނަ ފަންނާނުންތަކެއްް ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އަންނަމުންދާ ދުވަސްކޮޅެކެވެ. ލޮކްޑައުންއަށް ފަހު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމުން ރާއްޖެ ވެގެން ގޮސްފައި މިވަނީ ބޮލީވުޑު ތަރިން މި ދުވަސްވަރު ދަތުރު ކުރަން އެންމެ ރައްކާތެރި މަންޒިލަށް ވެސް މެއެވެ.

Ads by Sosun Fihaara

އެގޮތުން ފިލްމު "ޔާރިޔަން"އިން ބޮލީވުޑަށް ތައާރަފް ވި ރަކުލް ޕްރީތު ވެސް އަންނަނީ މިވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ. ރަކުލްގެ މި ދަތުރުގައި އޭނާއާއެކު އޭނާގެ އާއިލާ ވެސް ވަނީ ބައިވެރިވެފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ އައި ބަތަލާ ރަކުލް، އޭނާގެ އާއިލާ އާއެކު ޗުއްޓީ ހޭދަކުރަމުން އަންނަނީ ލަކްސް ސައުތު އަރި އެޓޯލް ރިސޯޓް އެންޑް ވިލާގައެވެ.

ރަކުލް އަންނަނީ އޭނާގެ ދަތުރުގެ ގިނަ ފޮޓޯތަކެއް މީސް މީޑިއާ މެދުވެރިކޮށް ފޭނުންނާ ހިއްސާ ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ދޮންވެލިގަނޑުގައި ރަކުލް ވަނީ އޭނާގެ ކޮންމެ ދުވަހަކު ވެސް ކުރަމުން އަންނަ ކަސްރަތުތައް ވެސް ކޮށްފައެވެ. އެކަމުގެ ފޮޓޯ ހިއްސާކުރަމުން ރަކުލް ވަނީ އެއް ދުވަހު ވެސް ކަސްރަތާ ނުލާ ނުވާނެ ކަމަށް ބުނެފައެވެ.

ރަކުލްގެ އިތުރުން ޓައިގަރ ޝްރޮފް، ދިޝާ ޕަޓާނީ، ތާރާ ސުތާރިއާ އަދި އާދަރް ޖައިން ފަދަ ތަރިން ވެސް އަންނަނީ މިވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުންނެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!