ޚަބަރު

މީހަކު ފައްސިވުމާ ގުޅިގެން މުޅި އައްޑޫ ކަރަންޓީނު ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އައްޑޫ އިން މާލެ ފޮނުވި ބަލި މީހަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން މުޅި އައްޑޫ ސިޓީ ކަރަންޓީން ނިންމައިފިއެވެ.

Ads by STELCO

އައްޑޫގެ މޭޔަރަ އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކު ހެލްތުން އައްޑޫ 14 ދުވަހަށް ފުލް ލޮކް ޑައުންއަކަށް ގެނެސްފައިވާ ކަމަށެވެ.

ސޯބެ ވިދާޅުވީ މިހާލަތުން އަަރައިގަނެވޭނީ ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއި ހުރިހާ ރައްޔިތުން އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، އައިޖީއެމްއެޗަށް ރެފާކޮށް ރޭގެ ވަގުތެއްގައި ފޮނުވާލި މީހަކު ކޮވިޑް-19 އަށް ފައްސިވިކަން އެޗްޕީއޭއިން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. އަދި އެކަމާ ގުޅިގެން އައްޑޫ ސިޓީ މޮނީޓަރިންގެ ހާލަތަށް ގެނެސް، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވަނީ ފަށާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!