ޚަބަރު

އިތުރު 22 މީހަކު ކޮވިޑް-19އަށް ފައްސި ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

އިތުރު 22 މީހަކު ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

Ads by Sosun Fihaara

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ މި 22 މީހުންގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި ބަންގްލަދޭޝްގެ ހަތަރު މީހަކާއި އިންޑިއާ އަދި ނޭޕާލްގެ މީހެއް ކަމަށެވެ.

މި 22 މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 766 އަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ 252 ދިވެހިންނާއި، 514 ބިދޭސީންނެވެ.

ރާއްޖެއިން ބައްޔަށް ފައްސިވި މީހުންގެ ތެރެއިން 20 މީހުން ބަލިން ރަނގަޅުވެފައިވާއިރު، ތިން މީހަކު ވަނީ މަރުވެފައެވެ.

މާލެއިން ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ކުރިއަށް މިއޮތް ދެތިން ހަފުތާގެ ތެރޭގައި، މާލޭގައި ކޮވިޑް-19 ގެ ބަލީގެ ޙާލަތު، މިހާރަށް ވުރެ މައްޗަށް ދިޔުން އެކަށީގެންވާ ކަމެއް ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!