ޚަބަރު

އީސީގެ އަގު ވައްޓާލުމަށް ސާބިތު ނުހިފޭ ވާހަކަ ނުދައްކަވާ: ޝަރީފް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިލެކްޝަން ކޮމިޝަން (އީސީ)ގެ އަގުވައްޓާލުމަށް ސާބިތު ނުހިފޭ ވާހަކަ ނުދެއްކެވުމަށް އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު އެދިވަޑައިގެންފިއެވެ.

Ads by MWSC

ޝަރީފު މިހެން ވިދާޅުވެފައި ވަނީ އީސީގެ ކުރީގެ އިސް މެންބަރެއްގެ ފަރާތުން ކުރިމަތިވި ޖިންސީ ފުރައްސާރައާ ހެދި އެތަނުގެ މުވައްޒަފަކު އަމިއްލައަށް މަރުވާން އުޅުނު ކަމަށް، އެކޮމިޝަންގެ މެންބަރަކާ ހަވާލާ ދެއްވައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ވިދާޅުވިކަމަށް ބުނެފައިވާ ޚަބަރެއް ހިއްސާ ކުރައްވަމުންނެވެ.

އޮންލައިން ނޫސް "މިހާރު" އިން ބުނެފައި ވަނީ ކޮމިޝަނުގެ ބައެއް މެންބަރުންގެ ފަރާތުން ކުރިއްސުރެ ވެސް މުވައްޒަފުންނަށް ގޯނާތައް ކުރިމަތިވެފައިވާ ކަމަށާއި އެގޮތުން، ކުރީގެ މެންބަރެއްގެ ފަރާތުން ކުރިމަތިވި އެ ފަދަ ގޯނާތަކުގެ ސަބަބުން މުވައްޒަފަކު އަމިއްލައަށް މަރުވާން މަސައްކަތް ކުރި ކަމަށް އީސީގެ މެމްބަރަކު މަޖިލީހުގައި ވިދާޅުވި ކަމަށް، އެކޮމިޓީގެ މެންބަރަކު މައުލޫމާތު ދެއްވި ކަމަށެވެ.

މިޚަބަރާ ގުޅިގެން އީސީގެ ރައީސް ވިދާޅުވީ އެކޮމިޝަންގެ ކަންކަން މިހާރު އިސްލާހު ކޮށްފައިވާކަން ކޮމިޓީން އެނޫހަށް މައުލޫމާތު ދެއްވި މެންބަރު ވިދާޅު ނުވީ ކީއްވެތޯއެވެ.

އީސީގެ ނައިބު ރައީސް އަހުމަދު އަކްރަމް، އެކޮމިޝަންގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ބަލާ އަކުރަމްގެ އިތުބާރު ނެތް ކަމަށް ފާސް ވުމުން، އޭނާ މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެމަޤާމުން އިސްތިއުފާ ދެއްވާފައެވެ.

ނަމަވެސް އެކޮމިޝަންގެ މުވައްޒަފުން ބުނެފައި ވަނީ ޖިންސީ ފުރައްސާރަ ކުރުމަކީ އެކޮމިޝަންގައި ސަގާފަތެއްހެން ކުރަމުން އައިސްފައިވާ ކަމެއް ކަމަށެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލަތައް ކިތަންމެ ގިނަ ކަމަށް ބުނެފައިވީ ނަމަވެސް މިހާތަނަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހުށަހަޅާފައި ވަނީ އަކުރަމްގެ މައްސަލަ އެކަންޏެވެ.

Ads by PNC
  1. މަރީ

    ކަލޯ ކަލޭމެންގެ އަގެއް ތިޔަ ތާނގެ އެބަ އޮތްތަ؟ ރިޝްވަރު ހިފައިގެން އިންތިޚާބު ވަގަށް ނުނަގާކަމަށް ވާނެތަ؟ މައްސަލަ ޖައްސަޖައްސައި އޮއްވައި ވޯޓްކަރުދާސްތައް ނައްތައިލީމާ އެ ވާހަކ ދޯ އެ ބުނަނީ؟ ދެން އަކްރަމާއި ކަލޭއާ ދެމީހުން ކޮރަޕްޝަންގެ ފައިސާއިން ވިޔަފާރި ނުކުރާ ކަމަށް ވާނެތަ؟ މީހުން ލައްވައި ނުބައި އެއްޗެހި ކިޔުއްވާން ނޫޅެ މަޑުން ތިބިއްޔާ މާ ތާޙިރުވާނެ.

  2. އަޙުމަދު

    އަގެއް އޮތިއްޔާތާ ވެއްޓޭނީ. ތިޔަ އަކުރަމެއް، ތިޔަ ތަނަށް ވެއްދި ފަހުން މުޅި ތަނަކީ ފާޙިޝްކަމުގެ ހާއްޔަކަށް ހަދައިލި. ތަނެއްގެ ވަގުތީ މުދައްރިސަކަށް ހުއްޓައި އަދީބުގެ ބޮލަށް ވަދެގެން އިލެކްޝަން ކޮމިޝަނަށް ވަނީ. އަނެއްކާ މޯޑީގެ ރިޝްވަތު ހިފައިގެން އިބޫއަށް އިނތިޚާބު ވަގަށް ނަގައިދިނީމާ، ދެ ވަނަ ދައުރަކަށް އޭނާ ހޮވައި އޭނާއަށް ރައީސްކަން ދޭން އެ ފަހިކުރަނީ. ހުންނާނީ ރާކަނި މަސް ކެވިފަ. އަދި އިސީ ޝަރީފު ރިޝްވަތު ފައިސާއިން ރާއްޖެއިން ބޭރުން ގެޔެއް ގަނެފައި ހުއްޓަސް ކަލޭމެންގެ ނިމުން ހިތިވާނެ. ތިޔައީ މި ރާއްޖެއަށް މި ހާލު ޖެއްސި ޣައްދާރުން. ޚާއިނުން. ދިވެހިރައްޔިތުން ކަލޭމެންނަށް ދުވަހަކު ވެސް މައާފެއް ނުކުރާނެ.