ބޮލީވުޑް މުނިފޫހިފިލުވުން

މަސްތުވާތަކެތީގެ މައްސަލައިގައި ކޮމީޑިއަން ބާރްތީ ސިންގް ހައްޔަރުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ އެކްޓަރ ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ ތަހުގީގާ ގުޅިގެން ފެންމަތި ވެފައިވާ މަސްތުވާތަކެތީގެ މައްސަލައިގައި، އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ބާރްތީ ސިންގް މިއަދު ހައްޔަރު ކޮށްފިއެވެ.

Ads by Sosun Fihaara

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ބާރްތީ ހައްޔަރުކުރީ، މިތުހުމަތުތަކާ ގުޅިގެން އޭނާއާ ސުވާލު ކުރުމަށްފަހު މުމްބައި އިންނެވެ.

އެނގިފައިވާ ގޮތުގައި ބާރްތީ އާއި އޭނަގެ ފިރިމީހާ ހަރްޝް ލިމްބާޗިޔާ މިއަދު ހެނދުނު އެންސީބީ ގެ އޮފީހަށް ގެންދިޔައީ އެދެމަފިރިން ދިރިއުޅޭ ގެ ބަލައިފާސް ކުރުމުން، އެގޭ ތެރެއިން މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ "ކެނަބިސް" ފެނިގެންނެވެ.

އެންސީބީ އޮފީހަށް ބާރްތީ ހާޒިރު ކުރިއިރު، އޮފީސް ތެރެއަށް ވަނުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ބާރްތީ ބުނީ އެމީހުން ގެންގޮސްފައި ވަނީ ހަމައެކަނި ސުވާލު ކުރުމަށް އެކަނި ކަމަށެވެ.

އެންސީބީން ނޫސްވެރިންނަށް މައުލޫމާތު ދީފައިވާ ގޮތުގައި ބާރްތީގެ ނަން އައިސްފައި މިވަނީ މިމައްސަލައިގެ ތަހުގީގުގައި ހައްޔަރުކުރި، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހަކު އޭނާގެ ނަން ބުނުމުންނެވެ.

ބާރްތީގެ ގެ ބަލައިފާސް ކުރިއިރު ކެނަބިސްގެ ފެނުނީ ކުޑައަދަދެއް ކަމަށާއި އެހެން ނަމަވެސް މަސްތުވާތަކެތި ގެންގުޅުމާއި ބޭނުން ކުރުމަކީ ވެސް މަނާ ކަމަކަށްވާތީ އެމީހުންނާއި ސުވާލު ކުރަން ގެނެސް ބާރްތީ ހައްޔަރު ކުރީ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

"ކޮމެޑީ ސަރކަސް" އިން އާއްމުންގެ މެދުގައި ތަރުހީބު ހޯދި ބާރްތީ އަކީ ކަލާސް ޓީވީން މިހާރު ދައްކަމުން ގެންދާ މަޝްހޫރު ޑާންސް ޝޯ "އިންޑިއާސް ބެސްޓް ޑާންސަރ" ގެ އެއް ހޯސްޓެވެ.

  1. ޙަހަ

    ޙޫން އަދި އެވެސް ވީޑް

  2. ނެތް

    ކެެކެކެކެ..�