މުވައްޒަފުންގެ ހައްގުގައި ހެޕީ މާކެޓުގެ ސީއީއޯގެ މުސާރައިން 43 ޕަސެންޓު ކުޑަ ކުރުމަށް ނިންމައިފި
ހެޕީ މާކެޓުގެ ސީއީއޯ އަލީ އިހުސާންގެ މުސާރައިން 43 ޕަސެންޓު ކުޑަ ކުރުމަށް ނިންމައިފިއެވެ.
އިހުސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ މުސާރައިން 43 ޕަސެންޓު ކުޑަ ކުރަން ނިންމި އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ކުޑަ ކުރަން ޖެހިދާނެ ހާލަތެއް އަންނަން ބޭނުން ނުވާތީ ކަމަށެވެ.
އިހުސާން ވަނީ ކެބިނެޓް މިނިސްޓަރުންނާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މަޖިލިސް މެމްބަރުންނާއި ސަރުކާރު ކުންފުނިތަކުގެ އެމްޑީންނަށް މުސާރަ ކުޑަކުރުމަށް ޗެލެންޖު ކުރައްވާފައެވެ.
I have agreed to cut my salary by 43% so some of my junior staff doesn’t have to. Now I challenge all Cabinet Ministers, Political Appointees, MPs and MDs of SOE’s to do the same. I especially invite Colonel Nazim @nazim7878 to accept this challenge. #executivesalarychallenge
— Ali Ihusaan (@ali_ihusaan) May 9, 2020
އެގޮތުން އޭނާ އެންމެ ފުރަތަމަ މި ޗެލެންޖު ކުރެއްވީ ދަނގެތި ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް އަށެވެ.
މި ޗެލެންޖު ގަބޫލު ކުރައްވާ ކާނަލް ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ މުސާރައިން 50 ޕަސެންޓު ކުޑަ ކުރަން ނިންމާފައިވާ ކަމަށެވެ.
I accept #executivesalarychallenge
from @ali_ihusaan to cut my salary by 50%.Now I nominate:
Republic Engineers Maldives’ MD, @ab_salih. https://t.co/FozevhuAr5— Col(rtd)Mohamed Nazim MP (@nazim7878) May 9, 2020
އަދި ނާޒިމް ވަނީ މުސާރަ ކުޑަ ކުރުމަށް ރިޕަބްލިކް އިންޖިނިއަރިންގެ ސީއީއޯ އަބްދުﷲ ސޯލހު އަށް ޗެލެންޖު ކުރައްވާފައެވެ.