ބޮލީވުޑް މުނިފޫހިފިލުވުން

އިސްލާމްދީނަށްޓަކައި ފިލްމު ކުޅުން ހުއްޓާލި ސަނާ ޚާން ކައިވެނި ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިސްލާމްދީނަށް ޓަކައި ފިލްމު ކުޅުން ހުއްޓާލި ބޮލީވުޑްގެ ކުރީގެ އެކްޓްރެސް ސަނާ ޚާން ކައިވެނި ކޮށްފިއެވެ.

Ads by MWSC

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ސަނާ ކައިވެނި ކުރީ މުފްތީ އަނަސް ކިޔާ މީހަކާއި، ރޭގެ ވަގުތެއްގައެވެ.

މިދެމަފިރިންގެ ކައިވެނީގެ ފޮޓޯތަކާއި ވީޑިއޯތައް މިހާރު މީސްމީޑިއާ ގައި ދައުރުވަމުން އެބަދެއެވެ. ސަނާ އާއި އޭނަގެ ފިރިމީހާ ވެސް ހުދުކުލައިން ހެދުން އަޅާފައި ހުރިއިރު، ސަނާ ލައިގެން ހުރީ ފުރިހަމައަށް ނިވާވާ ކައިވެނީގެ ހެދުމެކެވެ.

ކައިވެނީގެ އެއް ފޮޓޯއިން ފެންނަނީ ސަނާ އާއި އޭނަގެ ފިރިމީހާ އަތު ގުޅާލައިގެން ހިނިތުން ވުމަކާއެކު ހުންނަ މަންޒަރެވެ. އަނެއް ފޮޓޯއިން އެދެމަފިރިންގެ ވެޑިންގ ކޭކު ފަޅާތަން ވެސް ފެނެއެވެ.

ސަނާ ފިލްމު ކުޅުމާއި މުނިފޫހިފިލުވުމުގެ ދާއިރާ ދޫކޮށްލީ މާތް ﷲގެ ދީނަށް އުޅުމަށް ޓަކައި ކަމަށް އޭނާ ވަނީ ބުނެފައެވެ. އޭގެ ފަހުން ސަނާ ވަނީ ބުރުގާ ވެސް އަޅާފައެވެ. އަދި ސޯޝަލް މީޑިއާގައި ވެސް އޭނާ ފަހަކަށް އައިސް އަބަދު ވެސް ހިއްސާ ކުރަމުން ގެންދަނީ އިސްލާމްދީނާ ބެހޭގޮތުން އިތުރަށް މައުލޫމާތު ލިބޭނެ، އިބްރަތްތެރި ވީޑިއޯތަކެވެ.

 

Ads by HDC
  1. އިޔާޒު ސޯލިހު

    މީިހަކ ނީނަސ އީމާންވެވޭނ އެއްނު