ޚަބަރު

ހުއްދަ ދެނީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ސައިޓްތަކުން އެހެން ތަންތަނަށް ގެއްލުމެއް ލިބިދާނެ ތަންތަނަށް: ސަރުކާރު

ދެން އެމްވީ ، ދެން އޮންލައިން

ހުއްދަ ދެނީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ސައިޓްތަކުން އެހެން ތަންތަނަށް ގެއްލުމެއް ލިބިދާނެ ތަންތަނަށް ކަމަށް ސަރުކާރުން ބުނެފިއެވެ.

Ads by Sosun Fihaara

މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މަބްރޫކް އަޒީޒް ވިދާޅުވީ، ކޮންސްޓްރަކްޝަން މަސައްކަތް ކުރަން އާއްމުކޮށް ހުއްދަ ދޭން ނިންމާފައިނުވާ ކަމަށައި ހުއްދަދެނީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ސައިޓްތަކުން އެހެން ތަންތަނަށް ގެއްލުމެއް ލިބިދާނެ ތަންތަނަށް ކަމަށެވެ.

"ކޮންސްޓްރަކްޝަން މަސައްކަތް އާންމުކޮށް ކުރަން ދޫކޮށްލަނީއެއް ނޫން. އަޅުގަނޑުމެން ހުއްދަ ދެނީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ސައިޓްތަކުން އެހެން ތަންތަނަށް ގެއްލުމެއް ލިބިދާނެ ތަންތަނަށް. މިސާލަކަށް ފައުންޑޭޝަން އަޅަން ކޮނެފައި ހުރުމުން ކައިރީގައި ހުންނަ އިމާރާތަކަށް ގެއްލުން ލިބިދާނެ ކަހަލަ ތަންތަން." މަބްރޫކް ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ލޮކްޑައުން އާއި ގުޅިގެން ކޮންސްޓްރަކްޝަން މަސައްކަތްތައް މެދުކަނޑާލާފައި އޮތުމަށްފަހު، ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް އެޗްޕީއޭ އިން އެކުލަވާލާފައިވާ ގައިޑްލައިން އާއި އެއްގޮތަށް އެ ކަައުންސިލުން އިން އެކުލަވާލާފައިވާ އުސޫލަށް ފެތޭ ތަންތަނުގައި މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެ ކައުންސިލުން ބުނީ މިހާތަނަށް 11 ފަރާތަކަށް މި އުސޫލުގެ ދަށުން ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ހުއްދަ ދީފައިވާނެ ކަމަށާއި މަގު ބަންދު ކޮށްގެން މަސައްކަތް ކުރުމަށް ހަތަރު ހުއްދައެއް ދޫކޮށްފައިވާނެ ކަމަށެވެ.

ހުއްދަ ދޫކުުރުމުގައި ބަލާ ކަންތައްތަކުގެ ތެރޭގައި މަސައްކަތް ފަށާފައި ހުއްޓާލަން ޖެހުމުގެ ސަބަބުން އެތަނަކަށް އިތުރު ގެއްލުން ލިބިދާނެ ތަންތަނާއި ކައިރީ ހުންނަ ގޭގެއަށް ގެއްލުން ލިބިދާނެ ފަދަ ތަންތައް ހިމެނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!