ޚަބަރު

އަންނަ އަހަރު ސްކޫލްތަކަށް ނާސްތާ ފޯރުކޮށްދޭނެ ބަޔަކު ހޯދަނީ

ދެން އެމްވީ ، ދެން އޮންލައިން

އަންނަ އަހަރު ސްކޫލްތަކަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާން ކޮށްފިއެވެ.

Ads by Sosun Fihaara

އެގޮތުން އަތޮޅުގެ ތެރޭގެ ބައެއް ސްކޫލްތަކަށާއި މާލޭގެ އިސްކަންދަރު ސްކޫލާއި، އަމިނިއްޔާ ސްކޫލާއި އަދި އިއްޒުއްދީން ސްކޫލުގެ ހެނދުނު ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ކަމަށް އެދި ހުށަހަޅަން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ދަނީ ގެޒެޓުގައި އިއުލާންކުރަމުންނެވެ.އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ ނިޔަލަށެވެ.

މި ޕްރޮގްރާމް ދެމެހެޓެއްނިވި ގޮތެއްގައި ހިންގުމަށް ރަށްރަށުގައި ނާސްތާ ދިނުމަށް ރަށްރަށުގެ ސްކޫލްތަކުގެ ތެރޭގައި މޭވާ ފަދަ ބާވަތްތައް ހެއްދުމާއި އެ ރަށެއްގައި އުޅޭ ބަޔަކަށް ހަވާލުކޮށްގެން އެ މަސައްކަތް ގެންދަން މަސައްކަތް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެ އެވެ.

އެގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ލަފާގެ މަތިން ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން ވަނީ ފަތްކެޔޮ އާލާ ކުރުމުގެ ޕްރޮގްރާމެއް ފަށައި ދޮންކެޔޮ ފޯރުކޮށްދޭނެ 10 ރަށެއްގެ ސްކޫލް ކަނޑައަޅައިފަ އެވެ. އެ ޕްރޮގްރާމްގެ ދަށުން 3075 ފަތްކެޔޮގަސް ހައްދައި އަންނަ ޖެނުއަރީ މަހު ތެރޭގައި އެ 10 ރަށުގެ ސްކޫލަށް އެ ތަކެތި ފޯރުކޮށްދެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ހެނދުނު ނާސްތާ ދިނުމުގެ ޕްރޮގްރާމް ފަށާފައިވަނީ މި އަހަރު ފުރަތަމަ ޓާމު ވަނީ ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި 25 ސްކޫލެއްގައި އެވެ. ވެ. އަދި މި އަހަރުގެ ދެވަނަ ޓާމު ވަނީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހެނދުނު ނާސްތާ ދޭން ފަށައިފަ އެވެ.

ސްކޫލް ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެއްވެސް މެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!