ޚަބަރު

ކޮވިޑް ޖެހޭ ކުއްޖަކަށް އައިވި ގުޅޭނެ އިންތިޒާމް މާލެ ނޫން އިތުރު ސަރަހައްދަކު ނެތް: ޑރ. ފައިސަލް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް ޖެހޭ ކުއްޖަކަށް އައިވި ގުޅޭނެ އިންތިޒާމް މާލެ ނޫން އިތުރު ސަރަހައްދަކު ނެތް ކަމަށް ވިދާޅުވެ، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހުމަދު ފައިސަލް، ރާއްޖޭގެ ސިއްހީ ނިޒާމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޑރ. ފައިސަލް މިހެން ވިދާޅުވެފައިވަނީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ކޮވިޑް-19 ޖެހިފައިވާ ކުއްޖަކަށް އައިވީ ފެންކޮޅެއް ދެވޭނެ އިންތިޒާމެއް މާލެ ނޫން ސަރަޙައްދުތަކުގައި ހަމަޖެހުން މުޙިންމު ކަން ފާހަގަކޮށް ޑރ. ވަނީ ބަލި ޖެހޭ އެންމެން މާލެ ގެންނަން ވެއްޖެނަމަ އެންމެނަށް އެންމެ އެދެވޭ ފަރުވާ ނުދެވިދާނެ ކަން ފާހަގަކޮށްފައެވެ.

އަދި ޓްވީޓަށް މީހަކު ކުރި ކުރި ރިޕްލައި އަކަށް ޖަވާބު ދެއްވަމުން މިއަދާއި ހަަމައަށް ވެސް އެހެން އަތޮޅުތަކުގައި ކޮވިޑް ކުދިންނަށް އައިވީ ގުޅޭކަށް ނެތް ކަމަށާއި، ބަލި މީހުން އެހެން އަތޮޅުތަކުގައި ބައިތިއްބަންޏާ މިވަރު ކުރެވެންވާނެ ކަމަށް ޑރ. ވިދާޅުވެފައިވެއެވެ.

ކޮވިޑް19 އަށް ފައްސިވާ މީހުންނާއި ބައްޔަށް ޝައްކު ކުރެވޭ މީހުން މިހާރު ގެންނަނީ މާލެއެވެ. މާލެ ނޫން އެހެން ސަރަހައްދެއްގައި ބައްޔަށް ޓެސްޓުކޮށް ފަރުވާ ދެވޭނެ އިންތިޒާމް އަދި ހަަމަޖެހިފައި ނެތްނަމަވެސް ރޭ ދަރުބާރުގޭގައި ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަތް މެޑިކަލް ފެސިލިޓީ ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!