ޚަބަރު

ކުޑަކުދިންގެ ރައްކާތެރިކަމަށް ކުރަމުންދާ މަސައްކަތް ހުއްޓައެއް ނުލަން: ރައީސް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ކުރިމަތިލަމުންދާ މިދަނޑިވަޅުގައިވެސް ކުޑަކުދިންނަށް އުފާވެރި މުސްތަގުބަލެއް ހޯދައި ދިނުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް ސަރުކާރުން މަސައްކަތް ހުއްޓާނުލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދަޅުވެއްޖެއެވެ.

Ads by STELCO

ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ރައީސް ސޯލިހު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ކޮވިޑް-19ގެ ނުރައްކަލުން ކުޑަކުދިން ސަލާމަތް ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާއިރު، އެކުދިންނަށް ބޭނުންވާ ރަނގަޅު ޞިއްޚީ ރައްކާތެރިކަމާއި، ތައުލީމު ކަށަވަރު ކޮށްދިނުމާއި، ކުޑަކުދިންނަށް ކުރާ އެކިބާވަތްތަކުގެ އަނިޔާއިން އެކުދިން ރައްކާތެރިކޮށްދިނުމަކީ ސަރުކާރުން މިހާލަތުގައިވެސް ކަށަވަރުކޮށްދޭ ކަމެއް ކަމަށެވެ.

ކޮންމެ އަހަރެއްގެވެސް މޭ މަހުގެ 10 ވަނަ ދުވަސް ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ވަރަށް ކުލަގަދަގޮތަކަށް ފާހަގަކުރަމުން ދިޔަ ނަމަވެސް މިއަހަރު މި ދުވަސް ދިމާވެފައި މިވަނީ ކޮވިޑްގެ ސަބަބުން މުޅި ގައުމު ހުއްޓުމަކަށް އައިސްފައިވާ ދަނޑިވަޅެއްގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!