ދުނިޔެ

ބަލިފެތުރުން ކޮންޓްރޯލް ނުވާތީ މެލޭޝިޔާގައި ހަރަކާތްތެރިވެ އުޅުން މަދުކުރުމަށް އޮތް އަމުރުގެ މުއްދަތު އިތުރުކޮށް

ދެން އެމްވީ ، ދެން އޮންލައިން

މެލޭޝިޔާގައި ބޭރަށް ނުކުތުމާއި ހަރަކާތްތެރިވެ އުޅުން މަދުކުރުމަށް ކޮށްފައިވާ އަމުރު، 9 ޖޫން އާއި ހަމައަށް އިތުރުކުރުމަށް އެގައުމުގެ ސަރުކާރުން ނިންމާ އެކަން އިޢުލާން ކޮށްފިއެވެ. މިކަން އިޢުލާން ކޮށްފައިވަނީ، ޓީވީ މެދުވެރިކޮށް ބޮޑުވަޒީރު މުހިއްދީން ގައުމާ މުޚާތަބްކޮށް ދެއްކެވި ވާހަކައިގައެވެ.

Ads by Sosun Fihaara

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މެލޭޝިޔާއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރަނގަޅު ކުރިއެރުން ތަކެއް ލިބިފައިވީ ނަމަވެސް މި އަމުރު ދަމަހައްޓާނީ އަދިވެސް އެއްކޮށް ބަލި ފެތުރުން ކޮންޓްރޯލް ނުވާތީއެވެ.

ބޮޑުވަޒީރު ހާމަ ކުރެއްވި ގޮތުގައި، ވިޔަފާރިތައް ހުޅުވަން ހާލަތު ތަންދޭ މިންވަރަކުން އެކަން އަންގަމުން ދާނެއެވެ. ދެ މަސް ވަންދެން ބަންދުކޮށްފައިވާ ބައެއް ފިހާރަތައް މި ހަފްތާގެ ކުރީކޮޅު ވަނީ، ސިއްޙީ އިރުޝާދު ތަކާއެކު ހުޅުވަން ފަށާފައެވެ. 6.64 މިލިއަން މީހުން ނުވަތަ 43 އިންސައްތަ ވަޒީފާ އަދާ ކުރާ ފަރާތްތައްވަނީ ވަޒީފާތަކަށް ނިކުންނަން ފަށައިފިއެވެ. ނަމަވެސް އާންމު ދަތުރު ފަތުރުގެ ނިޒާމް ތޮއްޖެހިގެން ނުދާކަން ވަނީ ފާހަގަ ވެފައެވެ.

މެލޭޝިޔާއިން މިހާތަނަށް 6,656 މީހަކަށް މިބަލިޖެހި 108 މީހަކު ވަނީ މަރުވެފައެވެ. މިއަދާހަމައަށް 4،929 މީހަކަށް މިބަލިން ޝިފާ ލިބުން އިރު 1،552 މީހަކު އަދިވެސް ފަރުވާގައި އެބަތިއްބެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!