އައްޑޫގެ ލޮކްޑައުން އުވާލައިފި
އައްޑޫ ސިޓީގައި އިއުލާން ކުރި ލޮކްޑައުންގެ ހާލަތު އުވާލައިފިއެވެ.
އައްޑޫގައި ލޮކްޑައުން ކޮށްފައި ވަނީ އެ ސިޓީން މީހަކު ކޮވިޑަށް ފައްސިވުމާ ގުޅިގެންނެވެ. ނަމަވެސް ފަހުން ހެދި އޭނާގެ ޓެސްޓު ވަނީ ނައްސިވެފައެވެ.
އެޗްޕީއޭ އިން މިއަދު ނެރުނު އެންގުމެއްގައި ބުނީ ލޮކްޑައުންގެ ހާލަތު އައްޑޫގައި އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިހާރު ނެތް ކަމަށާއި އެހެންކަމުން ލޮކްޑައުންގެ ހާލަތު އުވާލުމަށް އަންގާ ކަމަށެވެ. އަދި ލޮކްޑައުންގެ ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވެސް ނިމުމަކަށް ގެންނަން ވަނީ އަންގާފައެވެ.
އެގޮތުން ލޮކްޑައުންގެ ހާލަތަށް ގެނައުމަށްފަހު އެޗްޕީއޭ އިން ވަނީ ވަކިގޮތެއް އަންގަންދެން އައްޑޫގެ ރަށްރަށަށް އަރައި ފޭބުން މަނާކުރުމާއި، އައްޑޫގެ މަގުމައްޗަށާއި އާއްމު ތަންތަނަށް ނިކުތުން ހުއްޓާލުމަށް އަންގާފައެވެ.