ޚަބަރު

އިންޑިއާގައި ތިބި 234 ދިވެހިން މާދަމާ ރާއްޖެ ގެންނަނީ

ދެން އެމްވީ ، ދެން އޮންލައިން

މޯލްޑިވިއަންގެ ދެ ފްލައިޓެއްގައި 234 ދިވެހިން މާދަމާ އިންޑިއާއިން ރާއްޖެއަށް އަންނާނެ ކަމަށް ފޮރިން މިނިސްޓްރީ ބުނެފިއެވެ.

Ads by STELCO

ފޮރިން މިނިސްޓަރީން ބުނީ އިންޑިއާގައި ތިބި ދިވެހިން ގެންނަނީ 16 ސިޓީއަކުން ކަމަށެވެ. އެއީ ޕަންޖާބް، ކަލްކަތާ، ގުރްގުއާން، ރިޝިކޭޝް، ދިއްލީ، ވެއްލޫރު، ޗެންނާނީ، ޓްރިވެންޑްރަމް، ކޮޗިން، ބެންގަލޯރ، ޕޫނޭ، ގޯއާ، ޖަމްނާގަރް، އެޒިމާލާ، ވެލިންޓަން އަދި ޕަޗްމާރީންނެވެ.

މޯލްޑިވިއަންގެ އެއަބަސް މަތިންދާބޯޓު ދަތުރުކުރާނީ މާލެ އާއި ދިއްލީ އާއި ޓްރިވެންޑްރަމާއި މާލެ ރޫޓުގައި ކަމަށެވެ. އެ ފްލައިޓް ހުޅުލެއަށް ޖައްސާނީ މާދަމާގެ މެންދުރުފަހު 2:00 ގައި ކަމަށެވެސް އެ މިނިސްޓްރީން ބުނެއެވެ. އަދި ޑޭޝް މަތިންދާބޯޓު ދަތުރުކުރާނީ މާލެ އިން ޓްރިވެންޑްރަމް އިން މާލެ ރޫޓްގައި ކަމަށާއި އެ ފްލައިޓް ހުޅުލެއަށް ޖައްސާނީ މެންދުރު ފަހު 1:10 ގައި ކަމަށެވެ.

ފްލައިޓުން ދަތުރުކުރާ ދުރު ހިސާބުތަކުގައި ދިރިއުޅޭ މީހުން މިހާރު ދަނީ ދިއްލީ އަދި ޓްރިވެންޑްރަމަށް ދިޔުމަށް ދަތުރުކުރަމުން ކަމަށެވެސް ފޮރިން މިނިސްޓަރީން ބުނެއެވެ.

އެ ފްލައިޓްގައި ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް ފްލައިޓް ކެންސަލްވި ފަރާތްތަކާ، ބޮޑެތި ބަލިތަކަށް ފަރުވާކުރުމަށް އިންޑިއާއަށް ދަތުރުކޮށް، ލޮކްޑައުންގެ ސަބަބުން ފަރުވާ ހުއްޓިފައިވާ ފަރާތްތަކާއި، ރިޕަޓްރިއޭޝަން ފްލައިޓްތަކުގައި އައުމަށް އެއަރޕޯޓްތަކަށް ދިޔުމަށް ދަތި ދުރު ހިސާބުތަކުގައި ތިބި ދިވެހިންނާއި، ކުރު މުއްދަތުގެ ވިސާގައި އިންޑިއާގައި ތިބި ދިވެހިން އަންނާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެ ފްލައިޓްގައި އަންނަ އެންމެންވެސް 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރެވޭނެ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް އެފަދަ ފްލައިޓްތައް ބޭއްވުމަށް ދަނީ މަސައްކަތްކުރަމުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!