ޚަބަރު

ޒުވާން ވިޔަފާރިވެރިޔާ މަންޑޭގެ ފަރާތުން، ގިނަ އަދަދެއްގެ މާސްކާއި، ސެނެޓައިޒާ ހަދިޔާކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ހަމްބޯ މޯލްޑިވްސްގެ ވެރިޔާ އަދި ޒުވާން ވިޔަފާރިވެރިޔާ، ހަސަން މަމްދޫހު (މަންޑޭ) ގއ.އަތޮޅަށާއި، އައްޑޫ ސިޓީއަށް އަދި މާލޭގައި ހުންނަ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއޯސީ) އަށް ގިނަ އަދަދެއްގެ މާސްކާއި ސެނެޓައިޒާ ހަދިޔާ ކުރައްވައިފިއެވެ.

Ads by MWSC

އިތުބާރު ކުރެވޭ ފަރާތަކުން "ދެން" އަށް މައުލޫމާތު ދެމުން ބުނީ މަންޑޭ ގއ.އަތޮޅަށް 500 މާސްކާއި 96 ފުޅި ސެނެޓައިޒާ، އައްޑޫ ސިޓީއަށް 1500 މާސްކާއި 96 ފުޅި ސެނެޓައިޒާ އަދި ނޭޝަނަލް އެމަޖެންސީ ސެންޓަރަށް 2000 މާސްކާއި 100 ފުޅި ސެނެޓަައިޒާ ހަވާލު ކޮށްފައިވާ ކަމަށެވެ. އެހެންކަމުން މަންޑޭ ހަދިޔާ ކުރި މާސްކްގެ ޖުމްލަ އަދަދު 4000 އަށް އަރައެވެ. އަދި ސެނެޓައިޒާގެ އަދަދު 292 އަށް އަރައެވެ.


"މިހާރު ގއ.އަތޮޅާއި އައްޑޫ ސިޓީ އަށް މަންޑޭ ހަދިޔާ ކުރެއްވި ތަކެތި ފޮނުވުމުގެ މަސައްކަތް ދަނީ ކުރިއަށް. މާދަމާގެ ވަގުތެއްގައި އެތަކެތި ރަށްރަށަށް ދާނެ. އެންއޯސީ އާއި މިހާރު ވަނީ ތަކެތި ހަވާލު ކޮށްފައި." މައުލޫމާތު އެނގޭ ފަރާތަކުން ބުންޏެވެ.

ގއ.އަތޮޅު ކައުންސިލްގެ ރައީސް ފުއާދު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަންޑޭ ދެއްވި އެހީގެ ތަކެތި ލިބިފައިވާ ކަމަށާއި އެއެހީއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އަތޮޅަށް އަދި ހަމައެކަނި ލިބުނީ މަންޑޭގެ ފަރާތުން ދެއްވި އެހީ. އަތޮޅު ކައުންސިލާއި، އަތޮޅުގެ ހުރިހާ ރައްޔިތުންގެ ނަމުގައި މަންޑޭ އަށް އަޅުގަނޑުމެން ޝުކުރު ދަންނަވަން. އަޅުގަނޑުމެންގެ އަތޮޅަށް އަދިވެސް އިތުރު އެހީތައް ބޭނުންވޭ." ފުއާދު ވިދާޅުވިއެވެ.

މަންޑޭ ދެއްވި އެހީ އާއި ގުޅޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދެއްވަން ބޭނުންފުޅު ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!