ޚަބަރު

ކްރިމިނަލް ކޯޓުގައި ހުރި ދުވަސްވީ މައްސަލަތައް އަވަހަށް ނިންމާލަނީ

ދެން އެމްވީ ، ދެން އޮންލައިން

ކްރިމިނަލް ކޯޓުގައި ހުރި އެއް އަހަރަށް ވުރެ ގިނަ ދުވަސްވީ ހުރިހާ މައްސަލަތަކެއް ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ނިންމަން މަސައްކަތް ފަށާފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

Ads by STELCO

ކްރިމިނަލް ކޯޓުން ބުނެފައިވަނީ މިދިޔަ އަހަރަކީ ގިނަ މައްސަލަތަކެއް ނިންމުނު އަހަރެއް ކަމަށެވެ. އެގޮތުން އަހަރު ނިމުނުއިރު 1،300 މައްސަލަ ނިންމާފައިވި ނަމަވެސް 1،600 މައްސަލަ ނުނިމި ހުރިކަން ކޯޓުން ފާހަގަކުރިއެވެ.

އޭގެތެރެއިން އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ 999 މައްސަލަ ނުނިމި އަދި އެބަ ތިއްބެވެ. އޭގެ ތެރެއިން 27 މައްސަލަ އަކީ ފަސް ނުނިމި ފަސް އަހަރު ވެފައިވާ މައްސަލަތަކެވެ.

ނުނިމި ހުރި މައްސަލަތައް ދިގުލައިގެން ގޮސްފައި ހުރުމުން ކޯޓަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ. އަމާޒަކީ ތިން އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ހުރިހާ މައްސަލައެއް މާޗުގެ ކުރިން ނިންމާލައި، ބާކީ ތިބި މައްސަލަތައް ތާވަލަށް ނިންމުން ކަމަށް ވެސް ކޯޓުން ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!