ޚަބަރު

ރެސިޕި: ކަލްޒޯން

ދެން އެމްވީ ، ދެން އޮންލައިން

ބޭނުންވާ ތަކެތި

Ads by STELCO

400 ގ ފުށް

1 މސ އީސްޓް

300 މލ ފެން

ތެޔޮ

250 ގ ކުކުޅު (ކުދިކޮށް ކޮށާފައި)

4 ލޮނުމެދު (ޗިސްކޮށްފައި)

100 ގ ފިޔާ (ކުދިކޮށް ކޮށާފައި)

½ ސސ އަސޭމިރުސް

ލޮނު

200 ގ މޮޒަރައްލާ ޗީޒް

ޕިއްޒާ ސޯސް

ޗިލީ ގާލިކް ސޯސް

ތައްޔާރުކުރާނެ ގޮތް

ފުށް ފުރޭނުމަށްފަހު އީސްޓް، ލޮނު، ތެޔޮ އަދި ފެން އަޅައިގެން މޮޑެލާފައި ގުޅަޖަހާފައި ބަހައްޓާށެވެ. އަދި 4 އިންޗި ބޮޑުމިނުގައި ފުށްގުޅަ ދަމާލާފައި ރޮށީގައި ލޯވަޅު އެޅާލާފައި ބަހައްޓާށެވެ. ދެން ތެޔޮފޮދުގައި ލޮނުމެދު މީރުކޮށްލުމަށް ފަހު ލޮނުމެދު ކުޑަކޮށް ރަތްވުމުން ފިޔާކޮޅު އަޅާ ފިޔާކޮޅު ކުޑަކޮށް ވަޅޯވުމުން ކުކުޅުކޮޅު އަޅާލާށެވެ. އެއަށްފަހު އަސޭމިރުސް، ޗިލީ ގާލިކް ސޯސް އަޅާލާފައި ރޯފިލަންދެން ކައްކާލުމަށް ފަހު ލޮނު ހެޔޮވަރު ކޮށްލާށެވެ. ދެން ދަމާފައި އޮތް ފުށްކޮޅު މަތީގައި ޕިއްޒާ ސޯސް ފުރަތަމަ އުނގުޅާލުމަށް ފަހު ކުރިން ތައްޔާރު ކުރި ކުކުޅުކޮޅު މައްޗަށް އަޅާ ލުމަށް ފަހު މޮޒަރައްލާ ޗީޒް އަޅާ ކަލްޒޯން ބައްދާލާނީއެވެ. ދެން އަވަނުން ފިހެލާށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!