ދުނިޔެ

އިންޖިނިއަރުން ފަދަ ތަޢުލީމީ މީހުން މިފަހަރު ތިބޭނީ އިނގިރޭސި ދަނޑުތަކުގައި

ދެން އެމްވީ ، ދެން އޮންލައިން

ލޮކްޑައުންގެ ސަބަބުން އިނގިރޭސިވިލާތުގެ ދަނޑުތަކުގައި މަސައްކަތް ކުރުމަށް އެހެން ގައުމުތަކުން މީހުންނަށް ނާދެވޭތީ ހޫނު މޫސުމުގައި، މޭވާ ، ތަރުކާރީ އަދި ގޮވާން ކަނޑަށް ދަނޑުތަކަށް ވަންނާނީ، އިންޖިނއަރުން ފަދަ ފަންނީ ދާއިރާތަކުން ތަޢުލީމް ޙާޞިލް ކޮށްފައިވާ މީހުންނެވެ.

Ads by Sosun Fihaara

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން، އިނގިރޭސިވިލާތުގެ އެންވަޔަރމެންޓް ސެކްރެޓަރީ ޖޯޖް ޔޫސްޓިސް ހާމަ ކުރި ގޮތުގައި، ބޭރުގައުމުތަކުން އެގައުމަށް ވަޒީފާ އަށް އަންނަ މީހުންގެ 3 ބައިކުޅަ 2 ބަޔަކީ ދަނޑުވެރިކަމުގައި އެހީތެރިވެ ދިނުމަށް އަންނަ މީހުނެވެ. ލޮކްޑައުންގެ ސަބަބުން އެމީހުނަށް ނާދެވި، ހަމަ މި ލޮކްޑައުންގެ ސަބަބުން ވަޒީފާތަކަށް ނުދެވި ވަރަށް ގިނަ ބަޔަކު ގޭގައި އެބަ ތިއްބެވެ. އެހެން ކަމުން އެމީހުންނަށް މިކަމަށް ހިތްވަރުދީ ކިޔަވައިގެން ތިބި ޒުވާނުން ވަނީ ދަނޑުތަކުން ފެންނަން ފަށާފައެވެ.
އެގޮތުން ސައުތު އީސްޓް އިންގްލަންޑްގެ ކެންޓްގެ ދަނޑެއްގައި، ދަނޑުވެރިންގެ ހެދުން އަޅައިގެންތިބި ޒުވާން އަންހެންކުދިން، އުނަގަނޑަށް ވުރެ ތިރިއަށް ލެނބިގެން ތިބެ ފަހަރަކު ލެޓިއުސް އެއް ކަނޑާ ލަކުޑި ވަށިގަނޑުތަކަށް އަޅަމުން ދާ މަންޒަރަކީ މިއީ އާންމުކޮށް ފެންނަ މަންޒަރެއް ނޫނެވެ.

މިތަނުން އެއް ދަނޑުކަމަށްވާ ނިކް އޮޓްވެލްގެ ޑިރެކްޓަރ ހާމަ ކުރި ގޮތުގައި، ލޮކްޑައުންގެ ސަބަބުން ދަނޑުތަކުގައި މަސައްކަތް ކުރާނެ މީހަކު ވެސް ނާދެއެވެ. އަދި މެކްޑޮނަލްޑްސް ފަދަ ބޮޑެތި ރެސްޓޯރެންޓްތައް ބަންދުކޮށްފައި ހުރުމުގެ ސަބަބުން މައިގަނޑު ވިޔަފާރި ވަނީ ހުއްޓިފައެވެ. ނަމަވެސް މިގޮތަށް ގޭގައި ބަންދުވެފައި ތިބި އިލްމީ މީހުން ދަނޑުތަކަށް ނިކުތުމުން ސުޕަރމާކެޓްތަކަށް ތާޒާ މޭވާ އަދި ތަރުކާރީ ފޯރުކޮށްދިނުން ފަސޭހަ ކަމަށް އޭނާ ބުންޏެވެ.

އެހެން ދަނޑެއް ގެންގުޅޭ ބެޓީ ކިޔައިދިން ގޮތުގައި، އެމީހުންގެ ދަނޑުތަކުގައި ހައްދާ އެންމެ މުހިންމު ބާވަތްކަމަށްވާ އައިސްބާގް ލެޓިއުސް އަކީ ދެ ހަފްތާގެ ތެރޭގައި ކަނޑަން ތައްޔާރުވާނެ އެއްޗެކެވެ. ދަނޑުގައި މަސައްކަތް ކުރާ 45 މީހަކު ވަޒީފާއަކަށް ނުނިކުމެވެއެވެ. ނަމަވެސް 50 މީހަކު ވަނީ މަސައްކަތް ހޯދުމަށް އަމިއްލައަށް އެދިފައެވެ. އެއި މި ހިސާބުގެ ނޫސްތަކުގައި މިގޮތަށް ދަނޑުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު އޮތްކަމަށް އާންމުކޮށްފައި އޮތުމުންނެވެ.

32 އަހަރުގެ ޑެނިއަލް އަކީ، ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރަމުންދިޔަ، ސިވިލް އިންޖިނިއަރެކެވެ. ނަމަވެސް ލޮކްޑައުންގެ ސަބަބުން ވަޒީފާ ނެތި ގޭގައި އިންނަން ވުމުން އޭނާވެސް ވަނީ ދަނޑަށް ނިކުމެފައެވެ. އޭނާގެ ރަހްމަތްތެރިޔާ މާރޓިން އުޅެނީ ދަނޑުގައި ފޯކްލިފްޓް ދުއްވާށެވެ. ދެމީހުންގެވެސް ފާހަގަ ކުރި ގޮތުގައި، ގެއިން ބޭރަށް ނިކުމެ، ކޮންމެވެސް ކަމެއްގައި ޝާމިލުވެ، ހަރަކާތްތެރިވެ އުޅުމަކީ ގޭގައި އިނުމަށް ވުރެ ހުރިހާ ގޮތަކުންވެސް ރަނގަޅު ކަމެއް" ކަމަށެވެ.

45 އަހަރުގެ ސެލީ ޕެންފޯލްޑް ބުނީ، ގޭގައި ހުރެހުރެ ފޫހި ވެއްޖެކަމަށާ، ފައިސާ ހޯދުމަށް ކޮންމެވެސް މަސައްކަތެއް ކުރަން ބޭނުންވާ ކަމަށެވެ. އެހެން ކަމުން ގައުމަށް ކާންދިނުމުގެ މަސައްކަތަށްވުރެ ވަކި ޝަރަފުވެރި މަސައްކަތް ނެތްކަމަށް އޭނާ ހާމަ ކުރިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!