ދުނިޔެ

މުއްސަނދިންނަށް އިންޑިޔާގެ ގޯއާ ހުޅުވާލަނީ

ދެން އެމްވީ ، ދެން އޮންލައިން

އިންޑިޔާއަށް ޒިޔާރަތް ކުރަން ބޭނުންވާ މީހުން އެންމެ ދެކޭ ހިތްވާ ތަންތަނުގެ އެންމެ ކުރީގައި ގޯއާ ހިމެނޭނެއެވެ. ކޮރޯނާވައިރަސް އާ ހަނގުރާމަކޮށް، ލިބުނު ކާމިޔާބީ އާ އެކު މަޑުން މަޑުން ތަންތަން ހުޅުވި، ގޯއާ ވަނީ ދަތުރުކުރުން ރައްކާތެރިތަނެއްގެ ގޮތުގައި ކަނޑައަޅާފައެވެ. ނަމަވެސް ދެން ފަތުރުވެރިންނަށް ގޯއާ ހުޅުވާލާއިރު ތަފާތު ވިސްނުމެއް އިންޑިޔާއިން ގެންގުޅެފާނެއެވެ.

Ads by Sosun Fihaara

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޓޫރިޒަމް މިނިސްޓަރ މަނޯހަރ އަޖްގޯންކަރ ހާމަ ކުރި ގޮތުގައި، ގޯއާގެ ޓޫރިޒަމަށް އަލުން އިންވެސްޓްކޮށް، މަތީފެންވަރުގެ ޓޫރިޒަމް ކުރިއަރުވާ، ކުދިބަޖެޓްގެ ފަތުރުވެރިންނާ، އިންޑިޔާގެ އެހެން ސްޓޭޓްތަކުން ގޯއާއަށް ދާ މީހުން މަދު ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އިތުރަށް މަނޯހަރު ހާމަ ކުރި ގޮތުގައި، 1960 ގައި ގޯއާގައި އޮތްފަދަ މާހައުލެއް ގާއިމްކުރުމަށް، ތަޖުރިބާކާރުންނާއި އެކު މަސައްކަތްތަކެއް ކުރެވެމުން ދާ ކަމަށާ،މަގުމަތީގައި ކައްކާ، ޑްރަގް ނަގާ، ގޮނޑުދޮށުގައި ހަމަނުޖެހުން ހިންގާ ފަތުރުވެރިން ބޭނުން ނޫންކަމަށާ، ދެން ބޭނުންވަނީ ގޯއާގެ ރީތިކަމާ ސަގާފަތުގެ އަގު ވަޒަން ކުރެވޭވަރުގެ ތަނަވަސްމީހުން ކަމަށެވެ.

1960 ގައި ވަރަށް ނަލަ ރީތިކޮށް އޮތް ގޯއާއަށް އަހަރަކު ޒިޔާރަތްކުރާ 98 މިލިއަން ފަތުރުވެރިންނާ އެކު ވަރަށް ބޮޑަށް ބަދަލު ވެެއްޖެކަމަށް މަނޯހަރު ފާހަގަ ކުރިއެވެ.

ކޮވިޑް-19 ގެ ނުރައްކާ ކުޑަވާވަރަކަށް ގައުމުތަކުން އިޤްތިޞާދުތައް ހުޅުވަން މަސައްކަތް ކުރަމުން އަންނަ އިރު އިންޑިޔާއިން ވެސް ދަނީ ފަސް ނުޖެހި މިކަމުގައި ބައިވެރި ވަމުންނެވެ. ނަމަވެސް ކޮވިޑް-19 އަށް ވެކްސިނެއް ނުވަތަ ފަރުވާ އެއް ލިބެންދެން އެހެން ގައުމަކުން މީހަކަށް ނުދެވި އެއް ސްޓޭޓުން އަނެއް ސްޓޭޓަށް ދަތުރު ކުރުން ނޫން އިތުރު ގޮތެއް މިވަގުތަކު ނެތެވެ. ނަމަވެސް ވެކްސިނެއް ލިބިގެން މުޅި ދުނިޔެ ހަރަކާތްތެރިވާން ފެށުމުން ގޯއާ އަކީ ކޮންމެ ކޮންމެ މީހަކަށް ފަސޭހައިން ދެވޭތަނަކަށް ނުވާނެއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!