ޚަބަރު

ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް ހާއްސަ 3000 ކޮޓަރި!

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން އެންމެ ކުރީ ސަފުގައި މަސައްކަތް ކުރަމުންދާ މީހުންނަށް ޚާއްސަކޮށްގެން 3000 ކޮޓަރި މާލެ ސަރަހައްދުން ހަމަޖައްސާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ ކުރިއަށް އޮތް ހަފްތާތަކަކީ ބަލީގެ އެންމެ ނުރައްކާތެރި ދުވަސްތައްކަމަށްވާއިރު އެދުވަސްތަކަށް ސަރުކާރުންވެސް ތައްޔާރުވަމުންދާކަމަށެވެ. އެގޮތުން މިހާރުވެސް ކުރީސަފުގައި ހަރަކާތްތެރިވާ މީހުންގެ ތެރެއިން ބަޔަކު ކަރަންޓީންކޮށް އައިސޮލޭޓް ކުރަންޖެހިއްޖެ ހާލަތެއްގައި އެމީހު ގެންދިއުމަށް 3000 ވުރެ ގިނަ އެނދު ތައްޔާރު ކޮށްފައިވާކަމަށެވެ.

"އިތުރު ވެހިކަލްތައް އިތުރު ރިސޯޓްތައް އަދި މިކަމަށް ބޭނުންވާ ކޮންމެ ކަމެއް ބޭނުންވެއްޖެ ހާލަތެއްގައި އިންޑަސްޓްރީގެ ފަރާތުން ދެމުންދާކަން އުފަލާއި އެކު ފާހަގަކުރަން. އެގޮތުގެ މަތިން މިހާރު ޖުމްލަ 300 ވުރެ ކޮޓަރި ޕްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށް އެލޮކޭޓްކުރެވިފައި ވަނީ " މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

ފުރަންޓްލައިންގައި މަސައްކަތް ކުރާ ބައެއް ފަރާތަތައްވެސް ދަނީ ކޮވިޑަށް ފައްސިވަމުން. އޭގެ ތެރޭގައި ސަލާމަތީ ހިދުމަތްތަކުގެ ބައެއް މުވައްޒަފުންނާއި އަސާސީ ހިދުމަތްތައް ރައްޔިތުން ފޯރުކޮށްދޭ ބައެއް ތަންތަނުގެ މުވައްޒަފުންވެސް ހިމެނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!