ދުނިޔެ

ވައިރަސްގެ ނުރައްކާ ކުޑަކުރަން ބޭރުން ގެންނަ ޕާރުސަލް 72 ގަޑިއިރު ވަންދެން ނުހުޅުވާ ބަހައްޓަން އިރުޝާދު ދީފި

ދެން އެމްވީ ، ދެން އޮންލައިން

ބޭރުން އޯޑަރުކޮށްގެން ގެނެވޭ ޕާރުސަލްތަކުގެ ތެރެއިން ނުހުޅުވާ ބެހެއްޓޭ އެއްޗެއް ނަމަ، ކޮރޯނާވައިރަސްގެ އަސަރު ކުޑަކުރުމަށް އެއްޗެއް 72 ގަޑިއިރު ވަންދެން އަތްނުލާ ބެހެއްޓުމަށް ރިސާޗްކުރާ ފަރާތްތަކުން ވަނީ އިރުޝާދު ދީފައެވެ.

Ads by Sosun Fihaara

މި ފަދަ ޕާރުސަލުތަކުގެ ބޭރުގައި ހުންނަ ޖަރާސީމު ނައްތާލުމަށް ވެސް ވަނީ އިރުޝާދު ދެވިފައެވެ. މިއީ މިފަދަ ޕާރުސަލްގެ ޒަރީއާއިން ވައިރަސް ފެތުރޭ މިންވަރު ދަށްކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އިނގިރޭސިވިލާތުގެ އާންމުންނަށް އަންގާފައިވާ އެނގުމެކެވެ.

ބާތު، ބްރިސަލް އަދި ސައުތުއެމްޕްޓަންގެ ރިސާރޗްކުރާ މީހުން ހިންގާ ވެބްސައިޓަކުން ނެރެނު މި އިރުޝާދުގެ ސަބަބުން، އިނގިރޭސިވިލާތުގެ ރައްޔިތުންގެ އާންމު ސާފުތާހިރު ކަމުގެ މިންގަނޑު މަތިވެ މިކަމުގެ ސަބަބުން ކޮރޯނާވައިރަސް ފެތުރޭ އަދަދު ދަށް ވާނެކަމަށް އުއްމީދުކުރާ ކަމަށް އެ ވެބްސައިޓުން ހާމަ ކުރެއެވެ. މިމީހުން އިތުރަށް އިރުޝާދު ދޭ ކަންކަމުގެ ތެރޭގައި، ގޭތެރެއާ އަތްލާހިފާ އެއްޗެހި ރަގަޅަށް ޖަރާސީމުން ސާފުކުރާނެގޮތް ހިމެނެއެވެ. އަދި އާއިލާގެ އެއް މެމްބަރަކު ބޭރަށް ގޮސް އައުމުން ދެން ކަންކުރަންވީ ގޮތްވެސް ވަނީ ކިޔާދީފައެވެ.

މި ވެބްސައިޓްގެ ފަރާތުން 20 ހާސްމީހުން ހިމަނައިގެން ހެދި ދިރާސާއަކުން ދައްކާގޮތުގައި، މި ވެބްސައިޓްގައި ހުންނަ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރާމީހުންނަށް މި ވައިރަސް ޖެހޭ މިންވަރު އެހެން މީހުނަށްވުރެ މަދެވެ. މި ވެބްސައިޓްގައި ހުންނަ މައުލޫމާތުތައް ކިޔާލަން ނަގާނީ އެންމެ 10 މިނެޓެވެ. ނަމަވެސް މި ހުރިހާ މައުލޫމާތަކީ ވެސް ކުދި ރޯގާ އަދި ކޮރޯނާވައިރަސް ނައްތާލުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ދާނޭ މައުލޫމާތެވެ. އިންގްލެންޑްގެ ޕަބްލިކް ހެލްތާއި ވަރަށް ގާތްކޮށް މަސައްކަތްކުރާ މި ވެބްސައިޓް 20 ބަހަކަށް ބަދަލުކޮށްގެން ބޭނުން ކުރެވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!