ޚަބަރު

ﷲއަށް ހަމްދު ހުރި! ކޮވިޑް ޖެހުނު އިތުރު މީހަކު ބަލިން ރަނގަޅު ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ޖެހުނު އިތުރު މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.

Ads by STELCO

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް، ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ބަލިން ރަނގަޅުވެފައިވަނީ އުމުރުން 38 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށެވެ.

މި މީހާއާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 31 އަށް އަރާފައެވެ. މީގެތެރޭގައި ހިމެނެނީ 17 ދިވެހިންނާއި، 14 ބިދޭސީންނެވެ.

ރާއްޖެއިން މިހާތަނަށް 862 މީހަކު ފައްސި ވެފައިވާއިރު، މީގެތެރޭގައި ހިމެނެނީ 288 ދިވެހިންނާއި 574 ބިދޭސީންނެވެ.

ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 31 މީހުން ބަލިން ރަނގަޅުވެފައިވާއިރު، ތިން މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ ދެ ދިވެއްސަކާއި ބިދޭސީ އެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!