ބޮލީވުޑް މުނިފޫހިފިލުވުން

ރާއްޖެއަށް އަންނަ ބޮލީވުޑް ތަރިން ގިނަކަމުން އިންޑިއާ މީހުން ޖޯކު ޖަހައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިދުވަސްކޮޅު ރާއްޖެއަށް އަންނަ ބޮލީވުޑް ތަރިން ގިނަ ކަމުން އިންޑިއާގެ ގިނަ ބަޔަކު އެކަމާ ޖޯކު ޖަހައިފިއެވެ.

Ads by STELCO

މިއީ އިންޑިއާގައި ވެސް ޗުއްޓީ ދުވަސްވަރު ކަމުން، ބޮލީވުޑްގެ ގިނަ ތަރިންތަކެއް ވަނީ ރާއްޖެ އައިސްފައެވެ. ފަހަކަށް އައިސް ބޮލީވުޑްގެ ތަރިއެއް ރާއްޖެ އައިސްގެން އުޅޭ ޚަބަރެއް ނުއިވޭ ހަފްތާއެއް ނުދެއެވެ.

އެގޮތުން ދާދި ފަހުން ރާއްޖެ އައި ތަރިންގެ ތެރޭގައި ކެޓްރީނާ ކެއިފް، ރަކުލްޕްރީތު ސިންގް، ޓައިގާ ޝްރޯފް، ދިޝާ ޕަޓާނީ، ޓާރާ ސުރާރިއާ، ތާޕްސީ ޕައްނޫ، ވަރުން ދަވަން، ސަމަންތާ ޗޭތަނިޔާ، ނަގާ ޝެތަނިޔާ އަދި ސޮނާކްޝީ ސިންހާ ހިމެނެއެވެ.

މީގެ ތެރެއިން ބައެއް އެކްޓަރުން މަސައްކަތުގެ ކަމެއްގައި ރާއްޖެ އައި ކަމުގައި ވިޔަސް، އަނެއް ބަޔަކު އައިސްފައިވަނީ ޗުއްޓީ ހޭދަ ކުރުމަށެވެ.

ބޮލީވުޑްގެ ގިނަ ތަރިންތަކެއް މިހާރު ރާއްޖެ އައުމާ ގުޅިގެން މީސްމީޑިއާގައި އިންޑިއާގެ ގިނަ ބަޔަކު ވަނީ އެކަމަށް ޖޯކު ޖަހާފައެވެ.

އެގޮތުން އެއްބަޔަކު ބުނެފައިވަނީ ފަގީރުން ޗުއްޓީ ހޭދަ ކުރަނީ ގޯއާގައި ކަމަށާއި އެކަމަކު ހުރިހާ މުއްސަނދިން ޗުއްޓީ ހޭދަ ކުރަނީ ރާއްޖޭގައި ކަމަށެވެ.

އެހެން މީހަކު އަހާފައި ވަނީ ބޮލީވުޑްގެ ހުރިހާ ސްޓާރުން ރާއްޖެއަށް އަންނަނީ، ރާއްޖެއިން އެމީހުންނަށް ބޮޑު ޑިސްކައުންޓެއް ދެނީތޯއެވެ.

މީގެއިތުރުން ހުރިހާ ތަރިން އެއްވެގެން ފިލްމެއް ކުޅުމަށް ވެސް މީހަކު ހިޔާލު ދީފައިވެއެވެ.

Ads by Allied Insurance
  1. ޓަކި މޫނާ

    ޖޯކު ޖަހާފަވެސް ހަމަ މިތަނަށް އަންނަން ވާނީ

  2. ޣައްސަން

    މިކަން ސިޔާސީ ކޮއްލެވޭވަރުގެ ބޭފުޅެއް ނެތީތޯ. ދެން ގޮވާނީ ބޮލީވުޑް އައުޓު އޭތަ.

    • ގެންޑާ

      އައުޓު ވާންވީ ހަމައެކަނި މިގައުމުގަ ގާއިމުވެތިބި އެހެން ގައުމުތަކުގެ ސިފައިން.