ޚަބަރު

"މިއުޒިކް ހަމަ ހަރާމްތަ؟" ޝެއިޚް ސަމީރް ގެ ޚާއްސަ ދަރުހެއް މިރޭ

ދެން އެމްވީ ، ދެން އޮންލައިން

މިއުޒިކް ހަމަ ހަރާމްތަ؟" މި ނަމުގައި ޚާއްސަ ދަރުހެއް ބޭއްވުމަށް ޖަމިއްޔަތުއް ސަލަފް އިން ނިންމައިފިއެވެ. މި ދަރުސް އޮންނާނީ މިރޭ 10:00 ގައެވެ.

Ads by MWSC

ޝެއިޚް އަހުމަދު ސަމީރު ދެއްވާ މި ދަރުސް ގެނެސްދިނުމަށް ޖަމަޖެހިފައިވަނީ ޖަމިއްޔަތުލް ސަލަފް ގެ ޔޫޓިއުބް މެދުވެރިކޮށް ލައިވް ކޮށެވެ.

ރާއްޖޭގެ މިއުޒިކީ ދާއިރާގައި ވިދާލި އެތައް ފަންނާނުންނެއް ވަނީ އާހިރަތަށްޓަކައި މިޔުޒިކުގެ ހަޔާތް ގުރުބާންކޮށްލައި ލަވަ ކިޔުމާއި މިއުޒިކާއި ދުރަށް ގޮސްފަ އެވެ. މިއުޒިކަށް ކިތަންމެ ބޮޑު ހިތެއް ޖެހިފައިވީނަމަވެސް އެކަމަކީ އިސްލާމްދީނުގައި ހަރާމް ކަމެއްކަމުން މި ތަރިން ވަނީ މިއުޒިކާ ދުރަށް ޖެހިލާފަ އެވެ.

އެންމެ ފަހުން މި ދާއިރާއާ ދުރަށް ދިޔަކަން ހިއްސާކުރި އެކަކަކީ މޯލްޑިވިއަން އައިޑަލްގެ ސީޒަން އެކަކުން ގިނަ ބައެއްގެ ލޯބި ހޯދި މުހައްމަދު އިޝާން އެވެ. އިޝާން މިއުޒިކާ ދުރަށް ޖެހިފައި ވަނީ މިއުޒިކުން ހަގީގީ ހިތްހަމަޖެހުން ނުލިބޭ ކަމަށް ބުނެ އެވެ.

ހަމައެހެންމެ ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒު ވެސް ވަނި ލަވަ ކިޔުން ހުއްޓާލާފައެވެ. މީގެ އެތަށް އަހަރެއް ކުރިން ލަވަކިޔުން ހުއްޓާލި އަލީ ރަމީޒުގެ ލަވަތަކަކީ މިއަދުވެސް "ހިޓް" ލަވަތަކެކެވެ.

މީގެ އިތުރުންވެސް އަބްދުލް ބާރީ، އިބްރާހިމް ރަމީޒް، މޫސާ ޝިފާއު، އަބްދުލް ރާޒިގް އަލީ، އަދި ރެޕް ލަވަ ކިޔުންތެރިޔާ ސުއާދު ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!