ދުނިޔެ

އަލްޙަމްދު ލިﷲ! އިޓަލީގެ އައި.ސީ.ޔޫ. ގައި ތިބީ މީހުންގެ އަދަދު އެއްހާހުން ދަށުގައި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އެންމެ ބޮޑަށް ފެތުރުނު އެއް ގައުމުކަމަށްވާ އިޓަލީގައި އައި.ސީ.ޔޫ ގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު އެއްހާހަށްވުރެ ދަށަށް ގޮސްފިއެވެ. މިއީ މަރޗް 10 ގެ ފަހުން މިއަދަދު މިވަރަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

Ads by Sosun Fihaara

އިޓަލީގެ ޙާލަތު ރަނގަޅު ވަމުންދާއިރު އެގައުމުން އެއް ލައްކަ މީހުންވަނީ ބަލިން ޝިފާލިބި ރަނގަޅު ވެފައެވެ. މިއީ ގައުމުތަކުން ކުރަމުން އަންނަ މަސައްކަތަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެކެވެ.
މި ލިބުނު ކުރިއެރުމާއި އެކު މި ފެށޭ ހަފްތާގައި، ދާރުލްއާސާރުތަކާ، އަޅުކަން ކުރާ ތަންތަނާ، ފިހާރަތަކާ،ތާރީޚީ ތަންތަން ހުޅުވާލާނެއެވެ. އަދި 1 ޖޫން އިން ފެށިގެން ބާރ އަދި ރެސްޓޯރެންޓް ގެ އިތުރުން ސެލޫންތައް ހުޅުވަން އަންނަނީ ތައްޔާރުވަމުންނެވެ.

އޭޕްރިލް 3 ގައި މުޅި އިޓަލީގެ އެކި ހިސާބުތަކުގެ އައި.ސީ.ޔޫ ގައި 4،068 މީހަކު ފަރުވާ ހޯދަމުން ދިޔައެވެ. 30 ހާހަށްވުރެ ގިނަ މީހުން މަރުވެގެން ދިޔަ އިޓަލީގައި އަދިވެސް ކޮންމެ ދުވަހަކު މިބަލީގައި މީހުންމަރުވާ ރޭޓް އުޅޭނީ އެވްރެޖްކޮށް 200 ގައެވެ. އިޓަލީއަކީ ކުރިން ، މިބަލި އެންމެ ބޮޑަށް ފެތުރެމުން ދިޔަ ގައުމެވެ. އެދުވަސްވަރު އިޓަލީގެ ހޮސްޕިޓަލްތަކަށް ނުކަތާވަރަށް ބަލިމީހުން ގެންދިޔައެވެ. އިޓަލީއަކީ ކޮވިޑް19 ޖެހިގެން 3 ވަނައަށް އެންމެ ގިނަ މީހުން މަރުވި ގައުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!