ޗައިނާއާ އެކު ހެދި ފްރީ ޓްރޭޑް އެއްބަސްވުމަށް އަމަލު ކުރަން ފެށުމަށް ޖާބިރު ސަރުކާރަށް ގޮވާލައްވައިފި
ޗައިނާއާ އެކު ރާއްޖެއިން ހަދަން އުޅުނު ފްރީ ޓްރޭޑް އެގްރީމެންޓަށް އަމަލު ކުރަން ފެށުމަށް ދިވެހި ރައްޔިތުންގެ ޕާޓީ(ޑީއާރުޕީން)ގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ސަރުކާރަށް ގޮވާލައްވައިފިއެވެ.
ދެ އަހަރު ދުވަހުގެ ދިގު މަޝްވަރާތަކަކާށް ފަހު ރާއްޖެއިން ޗައިނާއާ އެކު ފްރީ ޓްރޭޑް އެގްރިމެންޓެއްގައި ސޮއިކުރީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
ޑީއާރުޕީން ކުރި ޓްވީޓެއްގައި ބުނީ ކޮވިޑްއާ ގުޅިގެން ޔޫރަޕުގައި މަހުގެ މާކެޓު ދަށްވަމުން ދިއުމާ ގުޅިގެން ޗައިނާއާއި ރާއްޖެއާ ދެމެދު ހަދާފައިވާ ފްރީ ޓްރޭޑް އެގްރީމެންޓަށް އަމަލުކުރުމުގެ ވަގުތު ޖެހިއްޖެ ކަމަށް ޖާބިރު ދެކިލައްވާ ކަމަށެވެ.
"އަޅުގަނޑު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލަން ފްރީ ޓްރޭޑް އެއްބަސްވުމަށް އަމަލުކުރަން ފެށުމަށް. މިކަމުގެ ސަބަބުން ރާއްޖޭގެ މަހުގެ ސިނާއަތަށް ޗައިނާގެ މާކެޓުތަކަށް މަސް ވިކަން ފަސޭހަ ވާނެ." ޖާބިރު ވިދާޅުވިއެވެ.
"This is the high time that Gov of #Maldives should start to implement China-Maldives Free Trade agreement as the Fisheries Industry needs a larger market place since European market is in trouble due to Covid19. I call upon Presiden HEP @ibusolih to immediately start 1/2
— DRP (@drpmaldives) May 12, 2020
މިދިޔަ އަހަރު އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ފްރީ ޓްރޭޑް އެގްރީމަންޓް މިހާރު "މަރުވެފައިވާ" ކަމަށާއި، އެއްބަސްވުން ކުރިއަށް ނުދާ ކަމަށެވެ.
އަދި އެއްބަސްވުން ތަންފީޒު ކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ބޭނުންވާނެ ކަމަށާއި މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެކަން ކުރައްވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.