Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މާލޭގައި އެއްވެސް މީހަކު މަގުމަތިވިޔަކަ ނުދޭނަން: މާލޭ ސިޓީ ކައުންސިލް

ގޭގެ ކުލި ނުދެއްކުމުގެ ސަބަބުން ގެއިން ނެރެލާ އެއްވެސް މީހަކު މަގުމަތިވިޔަ ނުދޭ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ މާލީ ހާލަތު ދަށްވުމުގެ ސަބަބުން ކުލި ނުދެއްކިގެން ގެއިން ނެރެލާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި އެފަދަ އެއްވެސް މީހަކު މަގުމަތިވިޔަނުދީ ކޮންމެވެސް އިދާރާއެއްގެ ބެލުމުގެ ދަށުން އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

"ދައުލަތުގެ އެކި އެކި އިދާރާތަކުން ހަމަޖައްސާފައި ހުރި އިންތިޒާމްތަކުގެ ތެރެއިން އެއްވެސް މީހަކު ބާކީ ކޮށްލާފައި ނުވާނެ. ކޮވިޑްއާ ގުޅިގެން އެކި އިންތިޒާމް ކޮށްފައިވާ ފެސިލިޓީތަކާއި ހިޔާވަހިތަކުން އެ ބޭފުޅުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ. އެއްވެސް މީހަކު މަގުމަތިވެގެން ބާކީވެގެން ނުދާނެ. ކޮންމެވެސް ގޮތެއް ކޮންމެވެސް އިދާރާއަކުން އެހީ ވެދޭނެ" ޝަމާއު ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި އޭޕްރީލް މަހުގެ ކުލި ނުދެއްކި 12 މީހަކު ގެއިން ނެރެފައިވާ ކަމަށާއި 25 މީހަކަށް ކުލި ދެއްކޭނެ ގޮތެއް ނެތުމުން ދިރިއުޅޭ ތަނުން ނެރެލާނެ ކަމަށް ގޭގެ ވެރިފަރާތުން އަންގާފައި ވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް