ޚަބަރު

މީހެއްގެ ލޮލުގައި ބުޅިއެއް އެޅި ޒަހަމްވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މަސްވެރިކަމަށް ނިކުމެ އުޅުނު މަސްވެރިއެއްގެ ލޮލުގައި ބުޅިއެއް އެޅި ޒަހަމްވެއްޖެއެވެ.

Ads by STELCO

އެމްއެންޑީއެފުން ބުނީ މ. މުލަކުގެ ބޭރުގައި މަަސްވެރި ކަމުގައި އުޅުނު ދޯންޏެއް ކަމަށްވާ "ހާސިލް 2" ގައި ހުރި އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެއްގެ ލޮލުގައި ބުޅިއެއް އެޅި ޒަހަމްވެފައިވާ ކަމަށާއި އެމީހާ އަށް ފަރުވާ ދިނުމަށް މިހާރު ސިފައިންގެ އެހީތެރިކަމާއެކު އެ އަތޮޅު މުލީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

މިއީ މި ހަފްތާ ތެރޭގައި ރާއްޖޭގައި ހިނގި މިފަދަ ތިން ވަނަ ހާދިސާއެވެ.

މި މަހުގެ 24 ވަނަ ދުވަހާއި 26 ވަނަ ދުވަހު ވެސް ވަނީ ކޮޅުފުށި ބޭރުގައި މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގައި ހުރި މީހެއްގެ ލޮލުގައި ބުޅިއެއް އެޅި ޒަހަމް ވެފައެވެ. އަދި މާލެ އަތޮޅު އެނބޫދޫ ފިނޮޅު ކައިރީ މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގައި ހުރި މީހެއްގެ ލޮލުގައި ބުޅިއެއް އެޅިގެން ވެސް އެމްއެންޑީއެފުން ވަނީ ހަރަކާތްތެރި ވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!