ޚަބަރު

އިތުރު 7 ކޭސްއާއެކު، ކޮވިޑް ޖެހުނު މީހުންގެ އަދަަދު 904 އަށް އަރައިފި

ދެން އެމްވީ ، ދެން އޮންލައިން

އިތުރު 7 ކޭސްއާއެކު، ކޮވިޑް ޖެހުނު މީހުންގެ އަދދަު 904 އަށް އަރައިފިއެވެ.

Ads by Sosun Fihaara

އެޗްޕީއޭ އިން ދާދި ދެންމެ އަކު ކުރި ޓްވީޓުގައި ބުނެފައިވަނީ މިރޭ 9 ޖެހުމާއި ހަމައަށް ކޮވިޑް19 އަށް އިތުރަށް 7 މީހުން ފައްސިވެފައިވާ ކަމަށެވެ. ފައްސިވެފައިވަނީ ބަންގްލަދޭޝް ގެ 3 މީހުނާއި 2 ދިވެހިންނާއި އިންޑިއާ ދެ މީހުންނެވެ.

ރާއްޖެއިން މިހާތަނަށް ޖުމްލަ 904 މީހުން ވައިރަހަށް ފައްސިވެފައިވާއިރު މިހާތަނަށް ފައްސިވި މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހުންނެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ރާއްޖޭގައި ޖުމްލަ 495 ބަންގްލަދޭޝް މީހަކު ވަނީ ވައިރަހަށް ފައްސިވެފައެވެ.

ރާއްޖެއިން ބަލި ޖެހުނު 31 މީހަކު ބަލިން ރަނގަޅު ވެފައިވާއިރު 3 މީހަކު ވަނީ ނިޔާވެފައެވެ. ނިޔާވެފައިވަނީ އުމުރުން ދުވަސްވީ ދެ ދިވެހިންގެ އިތުރުން ބަންގްލަދޭޝް މީހެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!