ޚަބަރު

ކޮވިޑް-19: ކަރަންޓީނުގެ އެންގުމާ ޚިލާފަށް ކުޑަހުވަދޫން ފުރި ފަޅުވެރިންތަކެއް ހައްޔަރުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދ.ކުޑަހުވަދޫގެ "ދިރުން 2" ނަމަކަށް ކިޔާ ދޯނީގެ ފަޅުވެރިން ކަރަންޓީން ވުމަށް އަންގާފައި ވަނިކޮށް، އެއެންގުމާ ޚިލާފަށް ރަށުން ފުރި މައްސަލައިގައި އެމީހުން ހައްޔަރު ކޮށްފިއެވެ.

Ads by Sosun Fihaara

އެނގިފައިވާ ގޮތުގައި މިމައްސަލައިގައި ފުލުހުން ރޭގައި ހައްޔަރު ކޮށްފައި ވަނީ އެދޯނިން 15 ފަޅުވެރިއެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް، ޑައިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތްއަށް ލިބިފައިވާ ބާރުގެ ދަށުން ކުޑަހުވަދޫ "ދިރުން 2" ދޯނީގެ ހުރިހާ ފަޅުވެރިން ކަރަންޓީންވުމަށް އަންގާފައި ވަނިކޮށް، ރަސްމީ އެއްވެސް އިދާރާއަކުން ނަގަން ޖެހޭ ހުއްދަ ނެގުމަކާއި، ނުލައި، ކަރަންޓީންވުމަށް އެންގި އެންގުމާއި ޚިލާފަށް އެރަށުން ފުރި މައްސަލަ އިއްޔެ އެރަށު އީއޯސީން ފުލުހުންނަށް ހުށަހެޅި ކަަމަށެވެ.

މިމައްސަލައާއި ގުޅިގެން އެދޯނީގެ 15 ފަޅުވެރިން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އެމީހުންގެ ބަންދާމެދު ގޮތެެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައި ތިއްބައިގެން ތަހުގީގު ކުރިއަަށް ގެންދިޔުމަށް 14 ދުވަހުގެ މުއްދަތެއް މިއަދު ދީފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައި ވެއެެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!