އެތެއްގެ ކަރުހިއްކުން ފިލުވީ މަގުމަތިން ދިޔަ ފެން ޓޭންކަރެއް ހުއްޓުވައިގެން!

އެތް ، އަބަދުވެސް ފާހަގަަކޮށްފައި ވަނީ ވަަރަށް ވިސްނުން ތޫނު، ކަންކަމަށް ޙައްލު ހޯދާ ޖަނަވާރެއްގެ ގޮތުގައެވެ.
އެކަން ދާދި ފަހުން ދައުރު ވެފައިވާ ވީޑިއޯއިން ވެސް ހާމަވެފައި ވެއެވެ.
މީސް މީޑިއާގައި ދައުރުވެފައިވާ އެވީޑިއޯއިން ފެންނަނީ އެތެއް، މަގުމަތިން ދިޔަ ފެންޓޭންކަރެއް ހުއްޓުވާ މަންޒަރެވެ. އެފެން ޓޭންކަރު ހުއްޓުވުމަށްފަހު އެތުގެ ނޭފަތުން އިޝާރާތް ކޮށްފައި، ޑްރައިވަރަށް އޭތި އަންގަނީ ފެން ޓޭންކުގެ މަތިގަނޑު ހުޅުވުމަށެވެ.
އެއް އެންމެ ފުރަތަމަ އެފަަދައިން ގަޔާ ކައިރިއަށް އަންނަ ތަން ފެނުމުން ޑްރައިވަރު ބިރު ގަނެއެވެ. ނަމަވެސް އެތަނުގައި ހުރި ، ފޮރެސްޓް މިނިސްޓަރު އާނަންދު ސިންގުގެ ދަރި ސިދާތު ސިންގު ، އެތް ބޭނުން ވަނީ ފެން ބޯން ކަމަށް ބުނުމުން ޑްރައިވަރު ފެން ޓޭންކުގެ މަތިގަނޑު ހުޅުވާ އެތުގެ ކަރު ހިއްކުން ފިލުވުމުގައި އެހީތެރިވެ ދެއެވެ.
ރަނގަޅަށް ކަރުހިއްކުން ފިލުވުމަށް އެތް، އޭތީގެ ދަތުރައިގެން ކުރިއަށް ދިޔަައެވެ.
މިހާދިސާ ހިނގާފައި ވަނީ އިންޑިއާގެ ކަރްނާޓަކާގައެވެ.