ކުޅުދުއްފުށިން ކޮވިޑަށް ޓެސްޓް ނުކުރެވޭތީ ނަޝީދުގެ ފާޑު ކިޔުން: "ތިލަދުންމަތި ބާކީ ކުރުން ނުހުއްޓޭ"
މާލެ ފިޔަވާ އެންމެ ގިނަ ބަޔަކު ޚިދުމަތް ހޯދަމުން އަންނަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ކޮވިިޑަށް ޓެސްޓް ނުހެދޭތީ، ނޮޅިވަރަމް ދާއިރާގެ މަޖިލީސް މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މޮސްޓާ ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ، އައްޑޫ އިން ޓެސްޓް ނުކުރެވޭ ވާހަކަ މިއަދު ދައްކާއިރު ބޮޑު ތިލަދުންމަތީގައިވެސް ކޮވިޑަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ޤާއިމްވެފައި ނެތް ކަމަށެވެ. އަދި ބޮޑު ތިލަދުންމަތި ބާކީކުރުން އަދިވެސް ސަރުކާރުން ނުހުއްޓާ ކަމަށްވެސް މޮސްޓާ ވިދާޅުވެ ވިދާޅުވީ މިކަމުގައި ވަކި ސަރުކާރެއް އިސްތިސްނާ ނުވާ ކަމަށާއި ހުރިހާ ސަރުކާރަކުންވެސް ތިލަދުންމަތި ބާކީ ކުރާ ކަަމަށެވެ.
Addu in test nukurevay kamah bunaa iru Male' fiyava emme gina bayaku hidhumaih hoadhaa @KRHmv gai vaki test hedhey tho... adhives bodu mohammad ah fahu thiladhunmathi baakee kurun nuhuttey... vaki sarukaaru eh neh hama mikamuga emmen evvaru...
— Mohamed Nasheed Abdulla (@MNA_MosTaaA) May 12, 2020
މޮސްޓާ މިހެން ވިދާޅުވެފައިވާއިރު، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް ވިދާޅުވީ، މާގިނަ ދުވަސްތަކެއް ނުވެ ކުޅުދުއްފުށީ، އުނގޫފާރު، ލ.ގަން، ތިނަދޫ އަދި އައްޑޫގައި ޓެސްޓު ހެދޭނެ އިންތިޒާމު ހަމަޖެހިގެން ދާނެ ކަމަށެވެ. އަދި ޓެސްޓު ކުރެވޭ ނިސްބަތް 1000 އަށް ވުރެ ވެސް ގިނަ ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން ކޮވިޑް-19 ގެ ޓެސްޓު ހެދުމަށް ބޭނުންވާ ޖީން އެކްސްޕާޓް މެޝިނަށް ލެއްވޭ 25،000 ކާޓްރިޖް މި މަހުގެ ތެރޭގައި ލިބުމުން ޓެސްޓިން ކެޕޭސިޓީ އިތުރުވާނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖޭއިން ކޮވިޑު-19 އަށް އަދި ޓެސްޓު ކުރެވެނީ މާލެއިން އެކަނިކަން ފާހަގަކޮށްލެެވެއެވެ.