ޚަބަރު

މާލޭގެ ގެސްޓްހައުސްތައް ހުޅުވުމުގެ މަސައްކަތް އެބަ ކުރަން: ޓޫރިޒަމް މިނިސްޓަރ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާލޭގެ ގެސްޓްހައުސްތަކުގެ ވިޔަފާރި ފެށުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ދައުލަތުގެ މީޑިއާގައި ރޭ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިހާރުގެ އެންމެ ބޮޑު އަމާޒަކީ ގެއްލުމުގައި ހިންގަމުން އަންނަ ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަން ވީހާ ވެސް އަވަހަށް ހުޅުވުން ކަމަށެވެ.

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ބޯޑަރުތައް ބަންދުކޮށް އަލުން ހުޅުވިފަހުން ހަތަރު މަސް ދުވަސްތެރޭ ފަތުރުވެރިކަމުގެ ހިދުމަތްދޭ 15،000 އެނދުގެ ތެރެއިން 70 އިންސައްތަ ހުޅުވައިލެވިފައިވާ ކަމަށާއި، ކުރިއަށް އޮތް ދުވަސްކޮޅުގައި އިތުރު އެނދުތައް ހުޅުވާލާނެ ކަމަށެވެ.

ރާއްޖޭގެ ބޯޑަރުތައް ޖުލައި 15 ގެ ފަހުން ހުޅުވާފައިވާއިރު އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ރިސޯޓްތަކާއި ސަފާރީތައް ހުޅުވުމަށް ހުއްދަ ދީފައިވެއެވެ. އަދި އޮކްޓޯބަރު މަހުގެ 15 އިން ފެށިގެން ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ވެސް ދީފައި ވެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ "ވޯލްޑް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ދާދި ފަހުން ރާއްޖެއަށް ލިބިފައިވާއިރު، ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމް ވިދާޅުވީ އަންނަ އަހަރަކީ ކާމިޔާބު އަހަރަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!