ދުނިޔެ

ޑިއުޓީގައި ހުއްޓާ މީހަކު ކުޅު ޖެހުމުން ކޮވިޑް-19 ޖެހުނު އަންހެނަކު މަރުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ލަންޑަންގެ ވިކްޓޯރިޔާ ސްޓޭޝަންގެ ގައި މަސައްކަތް ކުރާ 47 އަހަރުގެ ބެލީ މުޖިންގާ އަދި އޭނާ އާ އެކުގައި މަސައްކަތް ކުރާ އެހެން މީހަކު ޑިއުޓީގައި ތިއްބާ، އެތަނަށް އައި ފިރިހެނަކު އެދެމީހުންގެ ގަޔަށް ކެއްސާ، ކުޅުޖަހާފައިވަނީ މަރޗް 22 ވަނަ ދުވަހުއެވެ. އެމީހާ މި ދެ އަންހެނުން ގަޔަށް ކުޅުޖަހާފައިވަނީ އޭނާއަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ބުނުމަށް ފަހުއެވެ. އޭގެފަހުން އެ ދެމީހުންވެސް ބައްޔަށް ޕޮޒިޓިވްވެ އެތަނުން މުޖިންގާއަށް ހޮސްޕިޓަލްގައި ބާއްވައިގެން ވެންޓިލޭޓަރުގައި ފަރުވާ ދެނިކޮށް މަރުވެފައިވަނީ 5 އޭޕްރިލް ގައެވެ.

Ads by Sosun Fihaara

މިހާދިސާގެ ފަހުން މުޖިންގާގެ އާއިލާ އަދި އެކުގައި މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ޓިކެޓް ވިއްކާ ތަންތަނުގައި ޕީ.ޕީ.އީ ނުލާ މަސައްކަތް ކުރުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދީ މުޖިންގާގެ ނޭވާ ލުވުމުގެ މައްސަލައެއް ހުންނަކަން އެނގި ހުރެމެ، ފަސިންޖަރުންނާ ގާތުން މަސައްކަތް ކުރަން ނެރުމުން، ގިނަ ބަޔަކު އަންނަނީ ވަޒީފާ ދިން ފަރާތް ކުށްވެރި ކުރަމުންނެވެ.

އާދޭސް ކުރުމުން ވެސް އިސްސަފަށް ނެރެފައި، މާސްކް އެޅުންވެސް ވަނީ އެ މުވައްޒަފުންނަށް މަނާކޮށްފައެވެ. އެހެންކަމުން މުޖިންގާ އާއި އޭނާގެ ދަރިފުޅަށް އިންސާފު ހޯދައިދިނުމަށް އެދި ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ. އަދި އެމީހުން ގަޔަށް ކުޅުޖެހި މީހާ ހޯދުމަށް ރޭލްވޭ އޮފީހަށް ފިއްތުންތައް ދަނީ ކުރިމަތި ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!