ދުނިޔެ

ކޮވިޑް19: އާންމު ޙާލަތަށް ދިޔަ ނަމަވެސް ޓްވިޓަރގެ މުވައްޒަފުން ގޭގައި ތިބެގެން ވަޒީފާ އަދާ ކުރުމުގެ ހުއްދަ ދެނީ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އާ ގުޅިގެން ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ އިންތިޒާމް އެންމެ ފުރަތަމަ ހަމަޖެއްސި އެއް ކުންފުންޏަކީ ޓްވިޓަރއެވެ.

Ads by Sosun Fihaara

ނަމަވެސް ކޮވިޑް-19 ހަމައަކަށް އެޅުމުން މުވައްޒަފުން އޮފީހަށް ނެރޭ އެންމެ ފުރަތަމަ ކުންފުންޏަށް ވާކަށް ޓްވިޓަރ ބޭނުމެއް ނޫނެވެ. މިކަން ހާމަ ކުރަމުން ކުންފުނީގެ ސީ. އީ. އޯ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ފޮނުވީ އީ-މެއިލެއްގައި ވަނީ، އެކުންފުނީގެ ހުރިހާ މުވައްޒަފުން އަބަދަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ހުއްދަ ދޭނެކަމަށެވެ.

ކުންފުނީގެ ފަރާތުން "ދަ ގާޑިއަން" ނޫހަށް މައުލޫމާތުދެމުން މިކަން ޔަގީން ކޮށްދެމުން ބުނީ، ކޮވިޑް-19 ގެ ޙާލަތުގައި ގޭގައި މަސައްކަތް ކުރުމުން ލިބުނު ތަޖުރިބާގެ އަލީގައި މިއީ އަބަދުވެސް މިކަން ކުރިއަށް ގެންދެވިދާނެ ގޮތެއް ކަމަށް ގަބޫލު ކުރެވިއްޖެ ކަމަށާ، އެގޮތުން ގޭގައި މަސައްކަތް ކުރަން ބޭނުންވާ މީހުނަށް މިހާރެކޭ އެއްގޮތަށް އެކަން ކުރިއަށް ގެންދެވޭނެކަމަށާ، ނަމަވެސް އޮފީހަށް އައިސްގެން މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކުން ސެޕްޓެމްބަރު މަހާ ހަމައަށް މަޑުކުރަން ޖެހޭ ކަމަށެވެ.

ޓްވިޓަރ އިން އިތުރަށް ހާމަ ކުރި ގޮތުގައި ސެޕްޓެމްބަރ މަހުވެސް އެއް ފަހަރާ އެކުންފުނީގެ ހުރިހާ އޮފީސްތައް ނުހުޅުވާ، ފަހަރަކު ގައުމަކުން ހުޅުވަމުންގޮސް އެކަން ކުރާނީ، ސަލާމަތީ ކަންކަމަށް ބަލައިގެން ހަރުދަނާ އުސޫލެއްގެ ދަށުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!