ޚަބަރު ރައްޔިތުންގެ މަޖިލިސް

ކުޑަ ކުއްޖަކު ގަސްދުގައި މީހެއް މަރި ނަމަވެސް މަރުގެ އަދަބު ނުދެވޭ ގޮތް ހަދަނީ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ގަސްތުގައި މީހަކު މެރުމުގެ ކުށް ކުރީ އުމުރުން 18 އަހަރު ނުވާ ކުއްޖެއް ކަމަށް ވާނަމަ އެކުއްޖާއަށް މަރުގެ އަދަބު ނުދެވޭގޮތް ހަދަން ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

Ads by Sosun Fihaara

މިއިސްލާޙް މަޖިލީހަށް ހުށަހަޅާފައި ވަނީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދެވެ. މިދެންނެވި އިސްލާޙްގެ އިތުރުން އޭނާ ވަނީ ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެންނަން ހުށަހަޅާފަ އެވެ.

މީގެ ތެރޭގައި ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ބައެއް މާއްދާތައް އިތުރު ކުރުމަށާއި އެ ގާނޫނުން ބައެއް މާއްދާތައް އުނިކުރުން އަދި ބައެއް މާއްދާތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން އޭނާ ހުށަހެޅުއްވިއެވެ. މިގޮތުން އޭގެތެރެއިން އެއް މާއްދާއަކީ ކުޑަކުއްޖަކު މީހަކު މެރުމުގެ ކުށް ކޮށްފި ނަމަވެސް އެކުދިންނަށް މަރުގެ އަދަބު ނުދެވޭގޮތަށް ގާނޫނު އިސްލާހު ކުރުމަށް ހުށަހެޅި މާއްދާއެވެ.

މިއިސްލާޙްގައި ބުނެފައި ވަނީ، އެއްވެސް ގާނޫނެއްގައި މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށެއް ކުޑަކުއްޖެއްގެ މައްޗަށް ސާބިތުވާ ހާލަތުގައި އެ ކުށަށް ކަނޑައެޅިފައިވާ ދެން އޮތް އެންމެ ބޮޑު އަދަބެއްގެ ހަތަރު ބައިކުޅަ ތިން ބަޔަށް ވުރެ ބޮޑު ނޫން އަދަބަކަށް ބަދަލު ކުރުމެވެ.

މީގެ އިތުރުން، މިބިލުގައި ބުނެފައިވަނީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ ކުއްޖަކު ބަންދުގައި ބަހައްޓަން ނިންމާ ހާލަތުގައި އެމައްސަލައިގެ އެންމެހާ ކަންކަމަށާއި ކުއްޖާގެ ހާލަތަށް ރިއާޔަތް ކުރުމަށް ފަހު އެކުއްޖާ ގޭގައި ބަންދު ކުރުމުގެ އިހުތިޔާރު މައްސަލަ ބަލާ ގާޒީއަށް ލިބިގެންވާ ކަމަށެވެ. އަދި ބަންދުގެ މުއްދަތު އިތުރު ކުރާ ނަމަވެސް ހަމަ އެފަދައިން އަމަލު ކުރުމުގެ އިހުތިޔާރު ގާޒީއަށް ދޭން އިސްލާހުގައި ހިމަނާފައި ވެއެވެ.

Ads by PNC
  1. ޙސެން

    މިހާރުވެސް 18 އަހަރު ނުފުރޭ ކުދިންލައްވާ ބޮޑެތި ކުއްތައް ކުރުވާއިރުގަ އިރުއިރުކޮޅާ ގާނޫނައް ބަދަލު ގެއްނައްޏާ ކުއްތައް މަދުކުރެވިދާނެ ކަމަކައް ގަބޫލުއް ނުކުރެވޭ.

  2. ނިންނި

    ތީ ކުޑަކުދިން ލައްވާ މީހުން މަރަން ވެގެން ކުރާކަންތައް

    ކޮންތާކުން ބާވާލެއްވި ފޮތެއްގަ އޮތީ 18 އަހަރު ނުވަަނަމަ ކުޑައޭ