ދުނިޔެ

އިންޑިޔާގެ އެކި ސްޓޭޓްތަކުގައި ތާށިވެފައި ތިބި މީހުން ގެންދިޔުމަށް އެއަރ އިންޑިޔާގެ ޚާއްސަ ދަތުރުތަކެއް ފަށަނީ

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާގެ އެކި ސްޓޭޓްތަކުގައި ތާށިވެފައި ތިބި މީހުން އެމީހުންގެ ސިޓީތަކަށް ގެންދިޔުމަށް އެއަރ އިންޑިޔާގެ ޚާއްސަ ދަތުރުތަކެއް މި މޭމަހުގެ 19 އިން ފެށިން ޖޫން 2 ގެ ނިޔަލަށް ކުރުމަށް ތައްޔާރުވެއްޖެއެވެ.

Ads by Sosun Fihaara

އެއަރ އިންޑިއާ އާއި ހަވާލާދީ އިންޑިއާގެ މީޑިއާތައް ރިޕޯޓްކޮށްފައިވާ ގޮތުގައި އެންމެ ގިނަ ފްލައިޓްތައް ބޭއްވޭނީ ދިއްލީ، މުމްބާއި އަދި ހައިދަރްއާބާދުގެ އިތުރުން ބެންގަލޫރަށެވެ. ނަމަވެސް ކޮޗިން އަށް ވެސް އެއް ފްލައިޓް ބޭއްވުމަށް މަސައްކަތް ކުރާ އިރު ފްލައިޓް ޓިކެޓްގަންނަން ޖެހޭނީ ދަތުރުކުރާ ފަރާތުން ކަމަށް އެއަރ އިންޑިއާއިން ވަނީ ހާމަ ކޮށްފައެވެ.

އަދި މިހާތަނަނށް ބުކިންގ ހަދަން ނުފަށާ މި ދަތުރުތަކަށް ސިވިލް އެވިއޭޝަންގެ ހުއްދަ ލިބުމާއި އެކު ދަތުރުތައް ފަށާނެއެވެ. އަދި ހަމަ މިކަން ނިމުމާއި އެކު، އިންޑިޔާއިން ބޭރުގައި ތިބި އެ ގައުމުގެ މީހުން ގެންދިޔުމުގެ ދެވަނަ ބުރެއް ވެސް ފެށުމަށް ދަނީ ތައްޔާރު ވަމުންނެވެ.

ޑޮމެސްޓިކް ފްލައިޓް ގެ ހުއްދަ ލިބުމާއެކު އެކަން އާންމު ކުރާނެ ކަމަށާއި، ބުކިންއަށް ހުޅުވާލުމުން އެންމެ ކުރިން ބުކިން ހަދާ ބަޔަކަށް އިސްކަން ދޭނެކަމަށް އެއަރ އިންޑިޔާއިން ވަނި ބުނެފައެވެ.

މިފަދަ ދަތުރުތައް ކުރުމަށް އިތުރު އަމިއްލަ ކުންފުނި ތަކަށްވެސް ހުއްދަ ލިބިދާނެކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފައިވެއެވެ. އަމިއްލަ ކުންފުނި ތަކަށް ޑޮމެސްޓިކް ފްލައިޓް ބޭއްވުމުގެ ހުއްދަ ދީފިނަމަ އެކަންވާނީ، މިގޮތަށް ތާށިވެފައި ތިބި މީހުން އެނބުރި އާއިލާގެ ކައިރިއަށް ދިއުމަށް ލިބޭ ފަހި ފުރުސަތަކަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!