ޚަބަރު

ލޮކްޑައުގެ ސިޔާސަތަކީ ކޮވިޑަށް ވުރެ ބޮޑު ގެއްލުމެއް ލިބޭ ކަމެއް: އުމަރު

ދެން އެމްވީ ، ދެން އޮންލައިން

ލޮކްޑައުގެ ސިޔާސަތަކީ ކޮވިޑަށް ވުރެ ބޮޑު ގެއްލުމެއް ލިބޭ ކަމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

Ads by STELCO

ކޮވިޑަށް ވުރެ ލޮކްޑައުންގައި މަރުވާ މީހުންގެ ގިނަ ކަމަށް ޔުނިސެފުން ބުނާ ހަބަރެއް ޝެއާ ކުރައްވާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އުމަރު ވިދާޅުވީ ލޮކްޑައުންއަކީ ނުބައި ސިޔާސަތެއް ކަމަށާއި އެހެން ގައުމުތައް އެދަނީ ހުޅުވާލަމުން ކަމަށެވެ.

އުމަރު ވިދާޅުވަނީ ލޮކްޑައުންގެ ސިޔާސަތަކީ ކޮވިޑް-19 އަށްވުރެ ބޮޑު ގެއްލުމެއް ލިބޭ ކަމެއް ކަމަށެވެ. އަދި ލޮކްޑައުންއިން ގެއްލޭ ފުރާނަ، ކޮވިޑް-19 އިން ގެއްލޭ ފުރާނައަށްވުރެ އިތުރު ކަމަށެވެ. ދެމެހެއްޓެނެވި ސިޔާސަތަކަށް ވާނީ ވައިރަސް އާއިއެކު އުޅެން ދަސްކުރުން ކަމަށްވެސް އުމަރު ނަސީރު ވިދާޅުވިއެވެ.

ބައެއް ގައުމު ތަކުގައި މިހާރު ލޮކްޑައުންގެ ހާލަތުގައި އަމަލު ކުރަމުންދާ އުސޫލަށް ވަނީ ލުއިތަކެއް ދޭން ފަށައިފައެވެ. އެގޮތުން ފްރާންސް ގައި ވަނީ 8 ހަފްތާ ފަހުން ލޮކްޑައުންއަށް ލުއިތަކެއް ދީފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!