ލައިފްސްޓައިލް

މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ކަމަށް ހީކޮށް ބިރުން އަވަަހަށް ފުލުހުންނަށް ގުޅާފައި ބަލާލިއިރު އެއީ ބުދެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފްލޮރިޑާގެ ޕަރޑިޑޯ ބީޗުގެ ގޮނޑުދޮށުން ދާދި ފަހުން މިވަނީ އެތައް ބަޔަކު ބިރުން ފިއްކަނޑައިގެންދާ ފަދަ މަންޒަރެއް ފެނިފައެވެ.

Ads by MWSC

އަތިރިމަތި ސާފު ކުރުމުގެ މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމަށްވާ "އޯޝަން އަވަރ ފްލޮރިޑާ" އިން އެމީހުންގެ ރަސްމީ ފޭސްބުކް ޕޭޖުގައި ޖަހާފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، އެމީހުންގެ ވޮލަންޓިއަރއެއް ކަމަށްވާ ކޭޓްލިން މިމަހުގެ 16 ވަނަ ދުވަހު، އެގޮނޑުދޮށުން ހިނގާލަނިކޮށް "އިންސާނެއްގެ ހަށިގަނޑެއް" ފެނުން ކަމަށް ބުނެ ރިޕޯޓު ކުރި ކަމަށެވެ.

ބޯ ވެސް ވަކިވެފައިވާ އެ "ހަށިގަނޑު" ފެނުމުން ކޭޓްލިން ވަރަށް ބޮޑަށް ބިރުގަތް ކަމަށާއި އަދި އެތަނުގައި ހުރި އެހެން މީހަކު ވެސް އޭތި ފެނިގެން ގަތް ބިރުން އަވަހަށް ފުލުހުންގެ ހޮޓްލައިން ނަންބަރ 911 އަށް ގުޅިކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ނަމަވެސް ފެނުނު އެއްޗަކާމެދު ޝައްކެއް ވެގެން ކޭޓްލިން އިތުރަށް ބަލާލިއިރު، އެނގުނީ އެއީ މަރުވެފައި އޮތް "އިންސާނެއްގެ ހަށިގަނޑެއް" ނޫން ކަމަށާއި އެއީ ދިރުމެއް ވެސް ނުވާ ބުދެއް ކަމަށެވެ.

ކޭޓްލިން ބުނީ އެއީ ފިހާރަތަކުގައި ހެދުން އިޝްތިހާރު ކުރަން އަަޅުވާފަ ހުންނަ ކަހަލަ ބުދެއް ކަމަށެވެ. އޭގެ ބޮލެއް ވެސް ނެތި، މުޅި އެތީގައި ފެހި ޖަހާ، ގޮނޑުދޮށަށް ވެއްޓިފައި އޮތް ގޮތުން އިންސާނެއްގެ ހަށިގަނޑާއި ވައްތަރުވީ ކަމަށް ވެސް އޭނާ ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!