ރާއްޖެއިން ފައްސިވި 3 މީހަކު ހޯދަން ފަށައިފި
ރާއްޖެއިން ކޮވިޑަށް ފައްސިވި 3 މީހަކު ހޯދަން ފަށައިފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ހޯދަމުން އަންނަނީ ކޯވިޑް އަށް ފައްސިވި ތިން ބިދޭސީއެއްކަމަށެވެ.
މަބްރޫކް ވިދާޅުވީ ކޮވިޑަށް އަށް ޓެސްޓްކުރުމަށް ކޮންޓެއިންމަންޓް ސައިޓްތަކާއި ރެންޑަމް ސާމްޕަލްތައްވެސް ނަގަމުން އަންނަކަމަށާއި މިގޮތަށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން ފައްސިވި ހަތް މީހަކަށް ގުޅޭނެ ގޮތެއް ނެތިގެން އެ މީހުން ހޯދާދިނުމަށް ފުލުހުނަށް އެޗްޕީއޭއިން ހުށައަޅާފައިވާކަމަށެވެ.
މީގެތެރެއިން ހަތަރު މީހުންނަކީ ކޮންޓެންމަންޓް ސައިޓްތަކުގައި އުޅުނު މީހުންކަމަށާއި އަނެއް ތިން މީހުންނަކީ އެހެން ތަފާތު އެޑްރެސްތަކުގައި އުޅެމުން ދިޔަ މީހުންކަމަށެވެ.
މީގެ ތެރެއިން ހަތަރު މީހަކު ފުލުހުން ހޯދާފައިވާކަމަށާއި އަނެއް ތިން މީހުން އަދިވެސް ފެނިފައިނުވާކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެމީހުން ނުފެނިއްޖެނަމަ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތައް ލިބިގެންވާ ބާރުގެ ދަށުން އެމީހުންގެ ޒާތީ މައުލޫމާތު ހާމަކުރާނެކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
ސާމްޕަލްތައް ނަގާ ފަރާތްތަކުގެ ސާމްޕަލްތައް ނެގުމަށްފަހު އެފަރާތްތަކުގެ މައުލޫމާތުތައް ނަގަމުން އަންކަމަށައި މިގޮތުން އެމީހެއްގެ ނަމާއި ގުޅޭނެ ނަމްބަރާއި އުޅޭ ތަނެއްގެ މައުލޫމާތު ނަގަމުން އަންނަކަމަށް މަބްރޫކް ވިދާޅުވިއެވެ.