ހައިހޫނު ކަމުގައި ރައްޔިތުން ވެންޓިލޭޓަރަށް ލުމުގެ ކުރިން ޗައިނާގެ ތަޖުރިބާ ހޯދަން ޖެހޭ: ނިމާލް
ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެދާނެ ހައިހޫނު ކަމެއްގައި ރައްޔިތުން ވެންޓިލޭޓަރަށް ލުމުގެ ކުރިން ޗައިނާގެ ތަޖުރިބާ ހޯދަން ޖެހޭ ކަމަށް ކ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވާދަ ކުރައްވާ ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.
ނިމާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިގްތިސާދު ވެންޓިލޭޓަރަށް ގޮސްފި ކަމަށެވެ.
"ހައިހޫނު ކަމުގައި ރައްޔިތުން ވެންޓިލޭޓަރަށް ދިއުމުގެ ކުރިން މިވަގުތު ސްޓޭބަލް އެއް ގައުމު ޗައިނާ ކުންފުންޏަކަށް މެނޭޖްމަންޓު ކޮންޓްރެކްޓްގެ ދަށުން އައުޓްސޯސް ކޮށް އެމީހުންގެ ތަޖުރިބާ ހޯއްދަވާ. ދިވެހި ޑޮކްޓަރުން މިނިވަން ކަމާއެކު މަސައްކަތް ކުރަން ފުރުސަތު ދެއްވާ، އިސްރާފު ކުރެވިއްޖެ." ނިމާލް ވިދާޅުވިއެވެ.
Iqthisaadh ventilator ah gosfi,haihoonu kamugai Rayyithun ventilatorah dhiumuge kurin mivaguthu stable eh qaumu China kunfunyakah mgmt contract ge dhashun outsource koh aemeehunge thajuribaa/Dhivehi Doctorun minivan kamaai eku masakaiy kuran furusathu dhehvaa. Israaf kurevijje.
— Mohamed Nimal (@NimalKokaa) May 11, 2020
ކޮވިޑަށް ފައްސިވާ މީހުން އެކަހެރިކުރުމަށް ފަރުކޮޅުފުށީގައި ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްގެން ހެދި ފެސިޓީގައި މައްސަލަތަކެއް ދިމާވެ އެތަނުން މީހުން ވަނީ ބަދަލުކުރަން ޖެހިފައެވެ. އެގޮތުން ފުރާޅުން ފެން ލީކުވުމުގެ ސަބަބުން އެތަނުގައި އަކެހެރިކޮށްފައި ތިބި މީހުން ވަނީ ކުޑަ ބަނޑޮހަށް ބަދަލު ކޮށްފައެވެ.