ރާއްޖޭގެ އެންމެ ފުރަތަމަ ވާޗުއަލް ރިއަލިޓީ ކެފޭ ގާކޮށީގަ ހުޅުވައިފި

ރާއްޖޭގެ އެންމެ ފުރަތަމަ ވަރޗުއަލް ރިއަލިޓީ ކެފޭގެ ގޮތުގައި "ވީއާރް ކެފޭ" ގައުކޮށީގައި ހުޅުވައިފިއެވެ.
ހާފް ޓޯން މޯލްޑިވްސްއިން ހިންގާ މި "ވީއާރް ކެފޭ" ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަހުމަދު މަޙްލޫފެވެ.
"ވީއާރް ކެފޭ" ހުޅުއްވައި ދެއްވައި ވާހަކަފުޅު ދައްކަވަމުން އަހުމަދު މަޙްލޫފް ވަނީ ރާއްޖޭގައި ވަރޗުއަލް ރިއަލިޓީގެ ދާއިރާ ފުޅާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައި ލައްވާފައެވެ. އެގޮތުން ތަޢުލީމީ ދާއިރާއާއި ސިއްޙީ ދާއިރާގެ ކުރިއެރުން މި ޓެކްނޮލޮޖީއާ ގުޅިފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި މަސްތުވާތަކެތީގެ ބަދަލުގައި މިފަދަ ޒަމާނީ އީޖާދުތަކަށް ޒުވާނުން އަހުލުވެރިވެ ތަރައްޤީއަށް ލޯ ހުޅުވާލުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
"އަޅުގަނޑަށް މި ލިބުނީ ވަރަށް ބޮޑު ޝަރަފެއް. މިކަމަކީ ރާއްޖެ ތަރައްޤީވާކަމުގެ ހެއްކެއް. ވަރޗުއަލް ރިއަލިޓީގެ ދާއިރާ ފުޅާކުރުން ވަރަށް މުހިންމު. ތަޢުލީމީ ދާއިރާއާއި ސިއްޙީ ދާއިރާގެ ކުރިއެރުމާ ވެސް މިކަން ވަނީ ގުޅިފަ" މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.