ވިޔަފާރި

ވީއާރް ކެފޭ އަކީ މިހާރު އުރީދޫ 5ޖީ ޒޯނެއް!

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އުރީދޫގެ 5ޖީ އެކްސްޕީރިއެންސް ޒޯންއެއްގެ ގޮތުގައި ވީއާރު ކެފޭ ހަމަޖައްސައިފިއެވެ.

Ads by Hajj Corporation

އިންޓަނެޓުގެ އެންމެ ހަލުވި ސްޕީޑް ގެނެސްދޭ ޓެކްނޮލޮޖީ 5ޖީ ޚިދުމަތް، އުރީދޫ މޯލްޑިވްސްއިން މާލެއަށް ތަޢާރަފު ކޮށްފައި ވަނީ އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އޫރިދޫގެ ޑިޖިޓަލް ޕާރޓްނާރކަމާއެކު ފުރަތަމަ ފަހަރަށް ރާއްޖޭގައި ހުޅުވިގެން ދިޔަ "ވަރޗުއަލް ރިއަލިޓީ ކެފޭ" އަކީ އުރީދޫގެ 5ޖީ އެކްސްޕީރިއެންސް ޒޯންއެއްގެ ގޮތުގައި ހަމަޖައްސާ އެކަން އިއުލާނު ކޮށްފައި ވަނީ އެރަސްމިއްޔާތުގައެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވީއާރުކެފޭގެ ސީއީއީ އަލީ ނާހިޒް ވިދާޅުވީ، އުރީދޫގެ 5ޖީ އެކްސްޕީރިއެންސް ޒޯންއެއްގެ ގޮތުގައި ފުރަތަމަ ވިޔަފާރިއަކަށް ވީއާރުކެފޭ ވެގެން ދިއުމަކީ އުފާ ކުރާ ކަމެއް ކަމަށާއި 5ޖީ ޓެކްނޮލޮޖީއަކީ ގޭމްކުޅޭ ފަރާތްތަކުން އިންތިޒާރު ކުރަމުން އަންނަ ޓެކްނޮލޮޖީއެއް ކަމަށެވެ. ވީއާރު އަދި އޭރާއު ގޭމްތައް ހައި ކުއަލިޓީ އިންޓަރނެޓްއެއްގައި ތަޖުރިބާ ކޮށްލެއްވުމަށް މަގުފަހިވެގެން ދިޔަކަން ފާހަގަކުރެއްވި އެވެ.

މިރަސްމިއްޔާތުގައި އީޓޫއެސް ގޭމިން އާއި ވީއާރުކެފޭ ގުޅިގެން އޫރިދޫގެ އެހީތެރިކަމާއިއެކު ވާރޗުއަލް ގޭމިން ކޮންޕެޓިޝަންއެއް ރާއްޖޭގައި ބޭއްވިގެން ދާނެކަމުގެ އުފާވެރި ޚަބަރުވެސް ވަނީ ދެއްވާފައެވެ.

އުދީދޫގެ 5ޖީ ޚިދުމަތަކީ ކޮމާޝަލީ ބޭނުން ކުރެވޭގޮތަށް ތައާރަފު ކުރި ފުރަތަމަ 5ޖީ ހިދުމަތެވެ. އަދި މި ޚިދުމަތާއެކު އިންޓަނެޓް އަދި ސެލިޔުލާ ހިދުމަތް މިހާރަށްވުރެ ފަސޭހަ ކަމާއި އަވަސްކަމާއެކު ލިބޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.

އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނަޖީބް ޚާން އެ ރަސްމިއްޔާތުގައި ވިދާޅުވީ، ފާއިތުވެދިޔަ އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ދާއިރާއަކުން ވެސް ޑިޖިޓަލް ނިޒާމަށް ބަރޯސާވެ ހިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އަދި ކޯވިޑް-19ގެ ހާލަތާއެކު އޮންލައިންކޮށް ހޯދާ ހިދުމަތްތައް ގިނަވި ކަމަށާއި އިންޓަނެޓް ބޭނުންކުރާ މިންވަރު އިތުރުވިކަމަށް އޭނާ ވިދާޅުވިއެވެ.

އުރީދޫ އިން މަސައްކަތް ކުރާނީ އަބަދުވެސް ކަސްޓަމަރުންނަށް އެންމެ ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި 5ޖީ އާއެކު ދިރިއުޅުމަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ވެސް ނަޖީބް ޚާން ވިދާޅުވިއެވެ.

ވާޗުއަރ ރިއަލިޓީ ނުވަތަ ވީއާރ އަކީ، ވަކި ޚާއްސަ ހެޑްސެޑްއެއްގެ އެހީގައި ދުނިޔަވީ ނޫން މަންޒަރެއް ކޮންޕިއުޓަރ ޓެކްނޮލޮޖީގެ އެހީގައި ދައްކާލުމެވެ. މި ހެޑްސެޓް އިން އޯގްމެންޓޭޓިވް އަދި ވާޗުއަލް ޓެކްނޮލޮޖީގެ އެހީގައި ޚިޔާލީ ދުނިޔެއަކަށް މީހާ ފޮނުވާލައެވެ. ވާޗުއަލް ރިއަލިޓީގައި ފެންނަ ޚިޔާލީ ދުނިޔޭގައި ފެންނަ ޚިޔާލީ ތަކެތީގައި އަތްލެވި ކަންތައް ކުރެވޭނެއެވެ. ވާޗުއަލް ރިއަލިޓީގެ މައިގަނޑު އަމާޒަކީ ޚިޔާލީ ދުނިޔޭގައި ފެންނަ މަންޒަރާއި އަޑަކީ، ހަޤީޤީ އަޑުތަކާއި މަންޒަރުތައް ކަމަށް ސިކުނޑިއަށް ވިސްނައިދިނުމެވެ. މިކަމުގެ ސަބަބުން ވާޗުއަލް ރިއަލިޓީގައި ހިނގާ ކަންމަކީ އަސްލު ވާ ކަންކަން ކަމަށް އިޙްސާސް ކުރެވޭނެއެވެ.

ވީއާރް ކެފޭގައި ގާއިމްކޮށްފައިވަނީ ވާޗުއަލް ރިއަލިޓީގެ ދުނިޔޭގައި އެންމެ ކުރީގައި އުޅޭ ދެ ބްރޭންޑު ކަމަށްވާ އޮކިއުލަސް ކުއެސްޓުގެ އިތުރުން އެސްޓީސީ ވައިވްގެ ގޭމިން ސިސްޓަމެވެ. އޮކިއުލަސް ކުއެސްޓަކީ ދުނިޔޭގެ އެންމެ ފުރަތަމަ އޯލް އިން ވަން ވީއާރް ގޭމިން ސިސްޓަމެވެ. މީގެ އިތުރުން ވީއާރް ކެފޭއިން ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވާޓުއިކްސް އޮމްނީ ގޭމިންގެ ހިދުމަތް ވެސް ފަށާފައެވެ. ވާޓުއިކްސް އޮމްނީ އަކީ ޚިޔާލީ ދުނިޔޭގައި ހިނގައި، ދުވެ އުޅޭވޭ ގޮތަށް އުފައްދާފައިވާ ވީއާރް މޯޝަން ޕްލެޓްފޯމެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!