ދުނިޔެ

ޑަބްލިއުއެޗްއޯގެ ޗީފް ސައިންޓިސްޓްގެ އިންޒާރު: ކޮވިޑް-19 ކޮންޓްރޯލް ކުރަން ފަސް އަހަރު ނަގާފާނެ

ކޮވިޑް-19 ގެ ވަބާ ކޮންޓްރޯލް ނުވެ ފަސް އަހަރަށް ވެސް ދެމިގެން ހިނގައިދާނެކަމަށް ޑަބްލިޔުއެޗްއޯގެ ޗީފް ސައިންޓިންސް ސޯމްޔާ ސަނަމިނަންތަން ބުނެފިއެވެ.

ޑިޖިޓަލް ކޮންފަރެންސެއްްގައި ވާހަކަ ދައްކަމުން ސޯމްޔާ ބުނި ގޮތުގައި މިބަލިމަޑުކަމަށް އޮތް ޙައްލަކީ ވެކްސިން ނަމަވެސް ވެކްސިން އެއް އުފެއްދުމަށް ހުރި ގޮންޖެހުންތަކާ، ވެކްސިނެއް އުފެއްދިއްޖެނަމަ ވެސް، އެއީ ކިހާ ފުރިހަމަ ވެކްސިނެއްތޯ ބަލާ، އެއިން ލިބިދާނެ ގެއްލުން ދެނެގަތުމުގެ އިތުރުން ވެކްސިން ދުނިޔޭގެ ހުރިހާ ހިސާބަކަށް ފޮނުވާ މިހުރިހާ ކަމެއް ކުރުމަށް ވަރަށް ގިނަ ވަގުތެއް ނަގާނެއެވެ.

ކޮންމެ 3 ހަފްތާއަކުން އެއް ފަހަރު ޖެނީވާގައި އޮންނަ ބްރީފިންގައި ވާހަކަ ދައްކަމުން ޑަބްލިއު. އެޗް. އޯގެ ހެލްތު އިމަރޖެންސީސް ޕްރޮގްރާމް ގެ އިސްވެރިޔާ ޑރ. މައިކް ރަޔަން ހާމަ ކުރި ގޮތުގައި، މިއީ އަލަށް އިންސާނުންނަށް ޖެހެން ފެށި ބައްޔެއް ކަމާ، އެހެން ކަމުން މި ބަލިމަޑުކަން ނެތިގެން ދާނެ ދުވަހެއް އަންދާޒާކުރަން އެއްވެސް މީހަކަށް ނޭނގޭނެއެވެ. އެހެން ކަމުން މިހާރު އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް ދޫދީފި ނަމަ، ފަހުން ބޮޑު ގެއްލުމެއް ވުން އެކަށީގެންވެއެވެ. އަދި މި ފިޔަވަޅުތަކާއެކު އުޅެން ދަސްކުރަންޖެހޭ ކަމަށް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

މިކަމަށް މިސާލު ދައްކަމުން ޑރ. މައިކް ރަޔަން ބުނީ، " އެއިޑްސްވެސް ފެށިގެން އައި ދުވަސްކޮޅު އެކަމާ ވަރަށް ބިރުން އުޅެން ޖެހުނު ކަމަށާއި، ނަމަވެސް މިހާރު ކޮންމެވެސް ސަލާމަތީ ކަންތަކަކާއި އެކު އެއިޑްސް އާ އެކުވެސް އުޅެން ދަސްވެއްޖެ ކަމަށާއި، މިހާރު މީހުން އެ ބައްޔަށް އެހާ ބިރު ނުގަންނަ ކަމަށެވެ. އަދި އެއިޑްސްގެ ބަލި މީހުން ކުރިއަށް ވުރެ ގިނަ ދުވަހު ދުނިޔޭގައި ހުންނަކަމަށް ވެސް ފާހަގަ ކުރިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!