ވިޔަފާރި

ލޫލޭ 2020 ނިންމާލާ ޕްރޮމޯޝަން: އަގުހުރި އެތައް އިނާމުތަކެއް ލިބޭ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިވެހިންގެ ތެރޭގައި މަޤްބޫލްކަން ހޯދަމުން އަންނަ ގަހުގެ ވިޔަފާރި ކުރާ ފަރާތެއް ކަމުގައިވާ " ލޫލޭ " ފިހާރައިން 2020 އަހަރު ނިންމާލާ ޕްރޮމޯޝަނެއް އަގުހުރި އިނާމުތަކާއެކު ފަށައިފިއެވެ.

Ads by STELCO

މިއަހަރުގެ ޑިސެމްބަރު މަހުގެ 1 ން 31 އަށް ކުރިއަށްދާ މިޕްރޮމޯޝަންގައި ލޫލޭ ފިހާރައިން 100 ރުފިޔާއިން ފެށިގެން މަތީގެ ކޮންމެ ވިޔަފާރިއަކަށް ބައިވެރިވެވޭ ކޫޕަން އެއް ލިބޭނެ ކަމަށް އެފިހާރައިން މައުލޫމާތު ދީފައިވެއެވެ.

މިޕްރޮމޯޝަންގައި ނަސީބުވެރި ތިން ފަރާތެއް ހޮވުމަށް ހަމަޖެހިފައިވެއެވެ.

ވަނަވަނަ އަށް ހޮވޭ ފަރާތްތަކަށް ލިބޭ އިނާމުތައް:

  • އެއްވަނައަށް ހޮވޭ ފަރާތަކަށް ޑައިނިންގ ޓޭބަލް ސެޓެއް
  • ދެވަނަ އަށް ހޮވޭ ފަރާތަކަށް 12 ޕީސްގެ ތަތްނުލަވާ ކައްކާ ތެލި ސެޓެއް
  • ތިންވަނަ އަށް ހޮވޭ ފަރާތަކަށް ހޭންޑް/ސްޓޭންޑް މިކްސަރެއް

ނަސީބުވެރި ފަރާތްތައް ހޮވުމަށް ހަމަޖެހިފައި ވަނީ 1 ޖެނުއަރީ 2021 ވާ ހުކުރު ދުވަހުއެވެ.

ލޫލޭ ފިހާރައަކީ ނައިފަރުގައި މިއަހަރު އޮގަސްޓް މަހު ހުޅުވުނު ގަސްވިއްކުމަށް ޚާއްޞަ، އާންމުންގެ މަޤްބޫލްކަން ވަރަށް ބޮޑަށް ހޯދަމުން އަންނަ ފިހާރަ އެކެވެ. ގަހުގެ އިތުރުން ދަނޑުވެރިކަމާ ގުޅޭ ތަފާތު ގިނަ ބާވަތްތައްތަކާ ގަސްކާނާގެ ތަފާތު ބާވަތްތައް މިފިހާރައިން ގަނޑުކޮންނާއި ވަކިން ގަންނަން ލިބެން ހުރެއެވެ. އަދި އޯޑަރު ދިނުމުން އަތޮޅުގެ ރަށްތަކަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް ވެސް ދެއެވެ.


ގޭތެރޭގައާއި ބޭރުގައި ހައްދާ ތަފާތު ބާވަތުގެ ގަސް، މަސްޓޭންކުގައި ހައްދާ ގަސް، ޕްލާސްޓިކް ޕޮޓް، ތަރުކާރީ އާއި މޭވާ އަދި މާގަސް ހައްދާ އޮށް ޕެކެޓް، ގަސްކާނާ، ގްރޯބޭގް، ބޮނބިކުނޑި، ޔޫ-ގްރޯ، ސްޕްރޭ ފުޅި، ގަސްއިންދާ ތަފާތު ބާވަތުގެ ވެލި، ފަސްގަނޑު ކޮނުމަށް ބޭނުންކުރާ އާލާތްތައް އަދިވެސް ދަނޑުވެރިކަމާގުޅޭ ގިނަ ސާމާނުތައް އެއްތަނަކުން ހޯއްދަވާނަމަ ލޫލޭ ފިހާރައަކީ ރަނގަޅު ޗޮއިސް އެކެވެ.

ލޫލޭ އަކީ އަބަދުވެސް ކަސްޓަމަރުންނާ ވަރަށް ގާތްކޮށް މަސައްކަތް ކުރައްވާ އަދި ތަފާތު އެކި ޕްރޮމޯޝަންތަކެއް (ޚާއްޞަކޮށް މީސްމީޑިއާގައި) ހިންގަމުން އަންނަ ފަރާތެކެވެ. ލޫލޭ ފިހާރައިގެ އެންމެ ފަހުގެ މައުލޫމާތު އަބަދުވެސް އެފިހާރައިގެ ވައިބަ ކޮމިއުނިޓީއިން ލިބެން ހުރެއެވެ.

ވައިބާ ކޮމިއުނިޓީ ލިންކް
ފޭސްބުކް ލިންކް
އިންސްޓަގްރާމް ލިންކް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!